އަލީ ހުސެއިން
އަލީ ހުސެއިން
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައާ ގުޅޭ އަޑުއެހުންތައް އާންމުކޮށް ހުޅުވާނުލައި ކުރިއަށް ގެންދަން ނިންމުމަކީ ވަރަށް ފިނޑި ޒިންމާދާުރުކަން ކުޑަ ނިންމުމެއް ކަމަށް ގާނޫނި ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެެވެ.

އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރު ކުރުމުން، އޭނާ ބަންދުން ދޫކުރަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅައި ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކުރާ މައްސަލަ ބަލަން ޖޭއެސްސީން ނިންމާފައިވާއިރު އަޒްމިރާލްދާ އެދިވަޑައިގަތީ އާންމުކޮށް ހުޅުވާލައިގެން އެ މައްސަލައާ ގުޅޭ އަޑުއެހުންތައް ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް ޖޭއެސްސީން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ.

އެކަމާ ގުޅިގެން އަލީ ހުސެއިން އެކްސްގައި ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އަލީ ހުސެއިން ވިދާޅުވީ ޒިންމާދާރުކަން ކުޑަ ފިނޑި އެ ނިންމުމުގެ ސަބަބުން މިނިވަން މުއައްސަސާ ތަކަށް އަދި ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު އިތުރަށް ގެއްލޭނެ ކަމަށެވެ.

އަޒްމިރާލްދާއާ ގުޅޭ އަޑު އެހުން މިއަދު ކުރިއަށް ގެންދަން ތާވަލުކޮށްފައި ވެސް އޮތެވެ. ނަމަވެސް އެ އަޑު އެހުން މިހާރު ވަނީ ފަސްކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން