ތޫނު އެއްޗަކުން ބިރުދައްކައި ފޭރުނު މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ސައިކަލެއްގައި ރޯކޮށްލި މައްސަލައިގައި، ޓެރަރިޒަމްގެ ދައުވާއުފުލައި 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ މީހެއްކަން ހާމަވެއްޖެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމަށްފަހު ހިނގައިދިޔަ ކަންތައްތަކުގެ ތެރޭގައި ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ އުފުލައި 15 އަހަރުގެ ޖަލު ހުކުމެއް އިއްވި މީހަކީ، ހ. ރެދަން، ފަވާޒް ކަޅުތުއްތު އެވެ.



ފަވާޒް ކަޅުތުއްތުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ 2012 ވަނަ އަހަރުގެ ޖޫން މަހު އެވެ. އަދި ފަވާޒްގެ މައްޗަށް އެ މައްސަލައިގައި 15 އަހަރުގެ ޖަލު ހުކުމެއް އިއްވީ އޮގަސްޓް 30، 2012 ގައެވެ.


15 އަހަރުގެ ޖަލު ހުކުމެއް ކުރިން އިއްވާފައިވާ ފަވާޒް މި ފަހަރު ހައްޔަރުކޮށްފައިވަނީ ފޭރުމާއި، ތޫނު ހަތިޔާރު ގެންގުޅުން އަދި ބިރު ދެއްކުމުގެ ތުހުމަތުގައެވެ.
މި ތުހުމަތުތަކުގައި އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ޖެހީ އެންމެ ފަސް ދުވަހެވެ.

މި ފަހަރުގެ ބަންދު އަމުރުން އެނގޭ ގޮތުގައި ފަވާޒު ކަޅުތުއްތު މީގެ ކުރިން، 49 ފަހަރު އެކިއެކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން 28 ފަހަރު ބަންދަށް ބަދަލުކޮށްފައިވެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން