ސީޝެލްސްގެ ކްރޫޒްލައިނާއަކުން ރާއްޖެއަށް 500 އަށް ވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެ އެވެ.

"އެމްއެސް އިންސިގްނިއާ" ކިޔާ ކްރޫޒްލައިނާ އިން 576 ފަތުރުވެރިން އައިސްފައިވާ އިރު، އޭގެ ކްރޫންގެ ގޮތުގައި 406 މީހުން ހިމެނެ އެވެ.

މިއިން ގިނަ އަދަދެއްގެ ފަތުރުވެރިން މާލެއަށް ފައިބާނެ ކަމަށް ބެލެވޭއިރު އޭގެ ސަބަބުން ވިޔަފާރިއަށް ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ.

މޯލްޑިވްސް އެސޯސިއޭޝަން ފޯ ޔޮޓް އޭޖެންޓްސް (މާޔާ) އިން ބުނެފައި ވަނީ ރާއްޖޭގެ ޓޫރިޒަމްގެ ސީޒަން މި އަހަރު ނިމުމުގެ ކުރިން އިތުރު 12 ކްރޫޒް ލައިނާއެއް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ ކުރިންވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ކްރޫޒްލައިނާތައް ރާއްޖެ ވަނީ އައިސްފައެވެ. މިދިޔަ މަހުގެ ތެރޭގައި އައްޑު އަށް ވެސް އިނގިރޭސިވިލާތުގެ ކްރޫލައިނާއަކުން ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވާކަން ފާހަގަ ކުރެވެއެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް 481،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން