ރާއްޖޭން ޣައްޒާއަށް ހަދިޔާކުރި މަސްދަޅު ޝިޕްމަންޓްތަކުގެ ތެރެއިން މިހާތަނަށް ތިން ލައްކައަށްވުރެ ގިނަ މަސްދަޅު ޣައްޒާއަށް އެތެރެކޮށްފައިވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ރާއްޖޭން ފޮނުވަން ނިންމާފައިވާ މަސްދަޅުތަކުގެ ފުރަތަމަ ޝިޕްމެންޓް ޣައްޒާއަށް އެތެރެކޮށްފައިވާކަމަށެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވަނީ އިސްރާއިލުން ފަލަސްތީނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާތައް ސަރުކާރުން ކުށްވެރިކޮށް އެފަދަ ކަންކަން ހުއްޓާލުމަށާއި ފަލަސްތީނަށް އެހީވުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.
އެގޮތުން ރާއްޖެއިން ހަދިޔާކުރި ދެ މިލިއަން މަސްދަޅުގެ ތެރެއިން ތިންލައްކަ ހަތްދިހަ ހަތަރު ހާސް ހަތަރު ސަތޭކަ މަސްދަޅު މިސްރުގެ ރެޑް ކްރެސެންޓު މެދުވެރިކޮށް 13 ފެބްރުއަރީ 2025 ގައި ފޯރުކޮށްދީފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ސަރުކާރުން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި، "ފަލަސްތީނާއެކު ދިވެހީން"ގެ ނަމުގައި ޓެލެތޯނެއް ވެސް ކުރިއަށް ގެންގޮސްފައެވެ. މި ޓެލެތޯނުން ލިބުނު 19 މިލިއަން ރުފިޔާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް، ސީދާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ)ގެ އެކައުންޓަށް ސަރުކާރުގެ ފަރާތުން ޖަމަކޮށްދީފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު