ރާއްޖޭގެ ރިޒޯޓެއް: ފޮޓޯ | މީސް މީޑިއާ
ރާއްޖޭގެ ރިޒޯޓެއް: ފޮޓޯ | މީސް މީޑިއާ
ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީކުރެވޭ ސަރަޙައްދުތައް ކަނޑައެޅުމުގެ ބާރު ރައީސަށް ލިބިދޭ ގޮތަށް ޓޫރިޒަމް ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން މަޖިލީހަށް ހުށައަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރިޔާޟް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށައަޅާފައިވާ އިޞްލާޙުގައި ވަނީ މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތަކައް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލްގެ އިޙްތިޞާޞްގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީކުރެވޭ ސަރަޙައްދުގެ ގޮތުގައި ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

ހަމައެއާއެކު، ރިސޯޓުތައް ކުއްޔަށް ހިފާފައިވާ މުއްދަތު 99 އަހަރަށް އިތުރުކުރުމަށް ފައިސާ ދެއްކުމުގެ މުއްދަތަށް ލުއިދިނުމަށްޓަކައި އިތުރު 6 މަސް ދުވަހުގެ މުހުލަތެއް ދިނުމަށް ބިލުގައި ހިމަނާފައިވެއެވެ.

އޭގެއިތުރުން ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްކުރުމަށް އެއްބަސްވާނަމަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް އެކީ އެއްފަހަރާ ދައްކަން ޖެހެނީ އެއްލައްކަ އެމެރިކާ ޑޮލަރެވެ.

ނަމަވެސް ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ފަހުން ފައިސާ ދައްކާ ޚަލާޞްކުރުމަށް އެއްބަސްވާނަމަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް ދެލައްކަ އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދައްކަންޖެހޭނެ ކަމަށް އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.

މިއީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް މި ސަރުކާރުން އިސްލާހު ހުށަހެޅި ތިން ވަނަ ފަހަރެވެ. އަދި މިއީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާޙު ގެންނަ 15 ވަނަ ފަހަރެވެ.

ޓޫރިޒަމާބެހޭ ގާނޫނު މިހާރު އޮންނަ ގޮތުން މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކުގެ ޓޫރިޒަމް ޕްލޭން ހަދައި، އެތަންތަން ޓޫރިޒަމްގެ ބޭނުމަށް ދޫކުރުމުގެ ބާރު އޮންނަނީ ކައުންސިލްތަކަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން