ސިވިލް ސާވިސް ކޮމިޝަން (ސިީއެސްސީ)ގެ ނާއިބު ރައީސް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައި ވަނިކޮށް އޭނާ އިސްތިއުފާ ދެއްވައިފި އެވެ.
ރަޝީދު މަގާމުން ވަކިކުރަން ކޮމިޓީން ފާސްކުރީ އިއްޔެ އެވެ.
ނަމަވެސް ސީއެސްސީން މިއަދު ވަނީ ރަޝީދު މަގާމުން ވަކިވިކަން ހާމަކޮށް އޭނާ ކޮށްދިން މަސައްކަތަށް ޝުކުރު އަދާކޮށް ފޭސްބުކްގައި ޕޯސްޓެއްކޮށްފަ އެވެ.
ހާއްސަކޮށް އޭނާ ސީއެސްސީގެ ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތައް ކުރުމުގައި އޭނާގެ ދައުރު ސީއެސްސީން ފާހަގަކޮށްފައި ވެއެވެ.
ރަޝީދު ވަކިކުރަން ނިންމީ މިނިވަން މުވައްސަސާތަކަ ބެހޭ ކޮމިޓީއަށް ހުށަހެޅި ސިޓީއަކާ ގުޅިގެން ނެވެ.
ނަމަވެސް އިއްޔެ ކޮމިޓީން އެ މައްސަލަ ކުރިއަށް ގެންދިޔައީ މައިކުގެ އަޑު ކަނޑާލައިގެން ކަމަށްވާތީ އޭގެ ތަފްސީލެއް ނޭނގެ އެވެ.

ކިޔުންތެރިންގެ ހިޔާލު