ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު، ފޮޓޯ: ގޫގުލް
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު، ފޮޓޯ: ގޫގުލް
ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓަރުންނާ ރައްޓެހި ގާނޫނުތަކެއް ގެންނަން ޖެހޭ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބަހުސްގައި ވާހަކަދައްކަވަމުން ޝަމްހީދު ވިދާޅުވީ މި ގާނޫނުގެ 9 ވަނަ މާއްދާއަށް ގެންނަ އިސްލާހަކީ އެއްވެސް ކަހަލަ ހަރުދަނާކަމެއް ނެތް އިސްލާހެއް ކަމަށެވެ.

މި އިސްލާހުގެ ދަށުން ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ސަރަހައްދުތަކުގައި ޓޫރިޒަމް ސިނާއަތަށް ބިން ކަނޑައެޅުމުގެ ބާރު ކައުންސިލްތަކަށް ގެއްލި އެބާރު ރައީސަށް ލިބިގެންދާ ކަމަށް ޝަމްހީދު ވިދާޅުވިއެވެ.

އަދި ރިސޯޓެއް މަރާމާތަށް ބަންދު ކޮށްފިނަމަ އެއިރެއްގައި އެކުލަވާލެވިފައި އޮންނަ އެއްބަސްވުމެއް ބަދަލުކުރަން ޖެހޭކަމަށް އިސްލާހުގައި ވާކަން ޝަމްހީދު ވަނީ ފާހަގަ ކުރައްވާފައެވެ. މިގޮތަށް ބަންދުކުރާ ރިސޯޓު އަލުން ހުޅުވާނެކަމަށް ބުނާ މުއްދަތުގެ ތެރޭގައި ރިސޯޓު ނުހުޅުވިއްޖެނަމަ، އިންވެސްޓަރަށް އެއްވެސް ބަދަލެއް ދިނުމެއް ނެތި އެ ރިސޯޓެއް ސަރުކާރަށް ނެގުމުގެ އިހުތިޔާރު އޮންނަން ޖެހޭނެކަމަށް އިސްލާހުގައި އޮތްކަންވެސް ޝަމްހީދު ވަނީ ފާހަގަ ކުރައްވާފައެވެ.

ޝަމްހީދު ވިދާޅުވީ މިއީ އެއްވެސް ހާލެއްގައި ކަން ކުރެވިގެން ވާނެ ގޮތް ނޫންކަމަށެވެ. އަދި ޝަންގްރިއްލާ ފަދަ ރިސޯޓުތައް ހުޅުވުމަށް މި ނޫން އެހެން ގޮތްތައް ހޯދޭނެ ކަމަށްވެސް ޝަމްހީދު ވިދާޅުވިއެވެ.

މި ބިލުގައި ގާނޫނުގައި ހޮޓާ މާނަކޮށްފައިވާ ގޮތްވެސް ރަނގަޅު ނޫންކަމަށާއި، އަދި ފަތުރުވެރިކަމުގެ ދާއިރާއަށް އިތުބާރު ގެއްލޭނެފަދަ ކަންކަން ސަރުކާރުން ހުށައެޅި ބިލުގައި އެބަހުރި ކަމަށްވެސް ޝަމްހީދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން