މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
ސްޕެއިންއާއި ނިއު ޒީލެންޑްގެ ނޮން ރެސިޑެންޓް ސަފީރުކަމަށް ބޭފުޅުން އައްޔަނުކުރަން މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.

ސްޕެއިންގެ ނޮން ރެސިޑެންޓް ސަފީރުކަމަށް އައްޔަނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑަައަޅުއްވާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމްގެ ނަމެވެ. އަދި ނިއު ޒީލެންޑްގެ ނޮން ރެސިޑެންޓް ސަފީރުކަަމަށް ރައީސް ހުށަހެޅުއްވީ ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ލުއައިޒުގެ ނަމެވެ.

އެ ދެ ބޭފުޅުންނަށް ރުހުން ދޭން ކޮމިޓީން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވި އަށް މެމްބަރުންގެ އިއްތިފާގުން ނެވެ.

ކޮމިޓީގެ ނިންމުމާމެދު އެންމެ ފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން ނެވެ. ބެލެވޭ ގޮތުން މާދަމާ ތަޅުމުގައި އެކަމާ ގުޅޭ ގޮތުން ވޯޓު ނަގާނެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން