ގައުމީ ސަލާމަތާ ގުޅުންހުރި އޮޕަރޭޝަނެއް މިހާރު ސިފައިންނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ ނަމަވެސް ކަންބޮޑުވާންވީ ކަމެއް ނެތް ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
މި އޮޕަރޭޝަނާ ގުޅުވައިގެން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އޮޕަރޭޝަންތަކަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިންޓެލިޖެންސް ރިޕޯޓްތަކާ އެއްގޮތްވާ ގޮތުގެ މަތިން ދޭތެރެއަކުން ހިންގާ ރޫޓިން އޮޕަރޭޝަންތަކެއް ކަމަށެވެ.
މި އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރުކޮށް، އެމީހުންނާ ގުޅުންހުރި ތަންތަން ކޯޓު އަމުރުގެ ދަށުން ފާސްކުރަމުންދާކަން ފާހަގަ ކުރަމުން މިނިސްޓްރީން ބުނެފައިވަނީ މި ވަގުތަށް ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް ނެތް ކަމަށެވެ.
އަދި ރާއްޖެއަކީ ރާއްޖޭގެ ރައްޔިތުންނަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް ވެސް ރައްކާތެރި، އަމާން އަދި ސުލްހަވެރި މަންޒިލެއްގެ ގޮތުގައި ދެމިއޮތުމަށް ޓަކައި، ނުރައްކާތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެ ކަން މޮނިޓާކޮށް އަވަސް ފިޔަވަޅުތަކެއް ސަރުކާރުން އަޅާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރުން ފޮރިން މިނިސްޓްރީން ވަނީ ރާއްޖޭގައި ދިރިއުޅޭ އެންމެންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަމުންދާނެ ކަމުގެ ޔަގީންކަން ދީފައެވެ.
މި އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނެފައިވަނީ އޮޕަރޭޝަން ކުރިއަށް ދިޔަ މިންވަރަކުން، މި އޮޕަރޭޝަނާއި ގުޅޭ އިތުރު މައުލޫމާތު، ހާމަކުރެވެން އޮތް މިންވަރަކުން އާންމުކުރަމުން ގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު