އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފަށައިފިއެވެ.
މިއަދު ކުރިއަށް ދިޔަ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އިމާދު ވަކިކުރަން ހުށަހެޅުއްވީ މެމްބަރު ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުލްލަތީފް މުހައްމަދު އެވެ.
އޭނާ ކޮމިޓީއަށް ހުށަހެޅުއްވި ސިޓީގައި ވަނީ އެމްއެމްއޭގެ ގަވަރުނަރުކަމުގައި ކުރިން އަލީ ހާޝިމް ހުންނެވި އިރު ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް ހާޝިމް އަދާނުކުރައްވާތީ އެކަން ފާހަގަކޮށް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުރެ އިމާދު އަދާކޮށްފައިވާކަން އެނގެން ނެތް ކަމަށެވެ.
އެހެެންކަމުން ގާނޫނީ ގޮތުން އިމާދުގެ މައްޗަށް މަތިކުރެވިފައިވާ ޒިންމާތައް އަދާކުރުމުގައި ފަސް ޖެހިފައިވާކަމަށް ބުނެ އިމާދު މަގާމުން ވަކިކުރަން ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް ހުށަހެޅުއްވި އެވެ.
އެހެންވެ އިމާދު ވަކިކުރުމާ މެދު ގޮތެއް ނިންމަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ޕީއެންސީގެ ހަތަރު މެމްބަރުންގެ ވޯޓާއެކު މިއަދު މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. އެ ނިންމުމާ ދެކޮޅު ހެއްދެވީ އެމްޑީޕީއަށް ނިސްބަތްވާ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާގެ އިތުރުން ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޝަމްހީދު އެވެ.
އިމާދު ވަކިކުރަން ހުށަހެޅި އިރު އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ގަތުމުގެ މުއާމަލާތުގެ ތެރެއިން 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އިޤްތިޞާދަށް ނެރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. އިދިކޮޅުން ތުހުމަތުކުރާ ގޮތުން އެކަން ކުރަން ނިންމާފައިވަނި ފައިސާ ޗާޕުކޮށްގެން ނެވެ. ނަމަވެސް ޕީއެންސީން ބުނީ ފައިސާ ޗާޕު ނުކުރާނެ ކަމަށެވެ.
އެމްއެމްއޭއިން އިޤްތިޞާދަށް އިތުރު 14 ބިލިއަން ރުފިޔާ ނެރުމާ ދެކޮޅަށް އިޙްތިޖާޖް ކުރެއްވުމުގެ ގޮތުން އެމްއެމްއޭގެ ބޯޑުގައި އިކޮނޮމިކް މިނިސްޓްރީ ތަމްސީލު ކުރަށްވާ ޝުހާދު އިބްރާހީމާއި އެމްއެމްއޭގެ ބޯޑުގައި ފިނޭންސް މިނިސްޓްރީ ތަމްސީލު ކުރަށްވާ އަހުމަދު ޒަޔާން މުހައްމަދު މިހާރު ވަނީ އިސްތިއުފާ ހުށައަޅުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު