ސަޢުދީ އަރަބިއްޔާއިން ދެކުނު އޭޝިޔާގައި ޤާޢިމްކުރާ ފުރަތަމަ އަރަބި ބަސް ދަސްކޮށްދޭ އިންސްޓިޓިއުޓް، "އިންސްޓިޓިއުޓް އޮފް އިސްލާމިކް އެންޑް އަރަބިކް ސައިންސް" ރާއްޖޭގައި ރަޖިސްޓްރީކޮށްފި އެވެ.
މި އިންސްޓިޓިއުޓް ރަޖިސްޓްރީކުރުމުގެ މަސައްކަތްތަކުގެ ތެރެއިން، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރާއި އިންސްޓިޓިއުޓް އޮފް އިސްލާމިކް އެންޑް އަރަބިކް ސައިންސްގެ ޑައިރެކްޓަރު ޞާލިހް ސުލައިމާން އައްރަޖާ ވަނީ މިނިސްޓްރީގައި ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ.
"އިންސްޓިޓިއުޓް އޮފް އިސްލާމިކް އެންޑް އަރަބިކް ސައިންސް" ގާއިމު ކުރުމަކީ ޢަރަބި ބަސް މުޅި ދުނިޔެ އަށް ފުޅާކުރުމަށް ސައުދީން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތުގެ ދަށުން ނިންމަވާފައިވާ ނިންމުމެކެވެ.
ސައުދީ ރަސްގެފާނުގެ އެންގެވުމަށް ކުރިއަށް ގެންދަވާ މި ހަރަކާތަކީ އެ ގައުމުގެ އެންމެ ބޮޑު ޔުނިވަރސިޓީ ކަމަށްވާ އަލްއިމާމް މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވަސިޓީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދަވާ ހަރަކާތެކެވެ.
މިދިޔަ މަހު އެ ޔުނިވަރސިޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ގާއިމުކުރާ މައުހަދުގެ ޑިރެކްޓަރަކަށް ޑރ. ސާލިހް ބިން ސުލައިމާން އައްއަރާޖާ އައްޔަންކޮށް، ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީއާ ގުޅިގެން އެ މައުހަދު ގާއިމުކޮށް ކިޔަވައިދޭން ފެށުމުގެ މަސައްކަތްތައް ހަވާލުކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު