ރާއްޖޭގެ އެކި ސަރަހައްދުތަކުން މިހާތަނަށް ލައްކައަކަށްވުރެ ގިނަ ގޭބިސީއަށް މަސްދަޅުކޭސް ހަދިޔާކުރެވިފައިވާ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ރޯދަ ހަދިޔާއެއްގެ ގޮތުން ސަރުކާރުން ދޭ މަސްދަޅު ކޭސް ރަށްރަށުގައި ބަހަމުންގެންދަނީ ކައުންސިލު ތަކުންނެވެ. އެގޮތުން ރޭގެ ނިޔަލަށް މާލޭގެ 49416 ގޭބިސީއަކަށާއި އަދި ރަށްރަށުގެ 60711 ގޭބިސީއަކަށް މަސްދަޅު ކޭސް ބަހާފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން މިހާތަނަށް މުޅި ޖުމުލަ 110127 ގޭބިސީއަށް ރޯދަ ހަދިޔާ ދެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ވެރިރަށް މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަމުން ގެންދަނީ ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. ރަށްރަށުގައި މަސްދަޅު ބެހުމުގެ ކަންކަން ކުރިއަށް ގެންދަނީ ކައުންސިލްތަކުގެ ފަރާތުންނެވެ.
ސަރުކާރުން މިފަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައު ދެނީ 48 ދަޅު ހިމެނޭ 180 ގްރާމްގެ ތެޔޮ މަސްދަޅު ކޭހެވެ.
ރާއްޖޭގެ ވަރަށް ގިނަ ހިސާބުތަކުގައި މަސްދަޅު ކޭސް ބަހައި މިހާރު ވަނީ ނިންމައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު