ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ބިލާއި މެދު މަޖިލީހުގެ މެމްބަރުން އަލުން ވިސްނަވައި ބިލު މަޖިލީހުން ބޭރުކޮށްލުމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން ގޮވާލައްވައިފިއެވެ.
އަޒާން މިކަމަށް ގޮވާލެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލާއި މެދު އަލުން ވިސްނަން އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލު މަޖިލީހަށް މިރޭ އަނބުރާ ފޮނުއްވާލެއްވުމާ ގުޅިގެން ނެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ބިލަކީ ގާނޫނު އަސާސީއާ ޚިލާފު ބިލެއް ކަމަށާއި އެއީ ފުރަތަމަ ދުވަހު ވެސް އެ ބިލާ މެދު އޭނާ ވިސްނެވި ގޮތް ކަމަށެވެ.
"އަޅުގަނޑުގެ އުންމީދަކީ ރައީސް އެދިވަޑައިގެންނެވި ގޮތަށް މަޖިލީހުގެ މެމްބަރުން އަލުން ވިސްނަވައި މި ބިލު މަޖިލީހުން ބޭރުކޮށްލުން،" އަޒާން ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމުގެ ބިލު މިދިޔަ މަހުގެ 26ވީ ބުދަ ދުވަހު މަޖިލީހަށް ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށައެޅުއްވުމާއެކުއެ ބިލު ހަމަ އެ ދުވަހު ބަލައިގަނެ، ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައި، ބިލުގައި ދިރާސާ ކުރަން ޖެހޭ މާ ބޮޑު ކަމެއް ނެތް ކަމަށް ބުނެ އެ ކޮމިޓީން ފާސްކޮށް ތަޅުމަށް ވަނީ ފޮނުވާފައެވެ.
އެ ބިލް ފާސްކުރުމަށް އަންގައި ޕީއެންސީން ތުރީ ލައިން ވިޕެއް ނެރެފައި ވަނިކޮށް، ވޯޓަށް އެހުމުން މެމްބަރު އަޒާން ވަނީ ތަޅުމުން ނުކުމެވަޑައިގެންފައެވެ. އެ ވިޕާ ޚިލާފުވި ދެ މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުން ވެސް ވަނީ ދީފައެވެ.
އޭގެފަހުން ޕީއެންސީގެ މަޖިލިސް ވަޓްސްއެޕް ގްރޫޕުން އަޒާން ވަނީ ބޭރުކޮށްފައެވެ. އަދި އަޒާން ހިމެނިވަޑައިގަންނަވާ މުހިންމު ކޮމެޓީތައް ކަމަށްވާ، މާލިއްޔަތު ކޮމިޓީންނާއި، ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ވެސް އޭނާ ވަނީ ވަކިކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ބިލް ފާސްކޮށްފައިވަނީ މެންބަރުން ސިޔާސީ ޕާޓީތަކުން ވަކިވުމުންނާއި ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މަޖިލީހުން ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ހުށަހަޅައިފައިވާ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ގެންދިޔަ ދަނޑިވަޅެއްގައެވެ. އެބިލް ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކޮށްފައެވެ. އެއީ ފަނޑިޔާރު ހުސްނުއްސުއޫދާއި މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރެވެ. އޭގެ ތެރެއިން ހުސްނުއްސުއޫދު މިހާރު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު