ހަރަދު ކުޑަކުރުމުގެ ގޮތުން އުވާލަން ނިންމި ކުންފުންޏެއްކަމަށްވާ، އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ މަސައްކަތްތައް އަލުން ފަށަން ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން މިއަދު ބުނީ، އެ މިނިސްޓްރީން ވިލަރެސްކޮށް، ޓާގެޓްތައް ކަނޑައަޅާގޮތަށް އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑް ގެ މަސައްކަތްތައް އަލުންފެށުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާކަމަށެވެ.
ދަނޑުވެރިކަމާއި ގުޅޭ މަސައްކަތްތައް ކުރުމަށް އުފެއްދި އެ ކުންފުނި އުވާލުމަށްފަހު އެ ކުންފުނިން ކުރަމުންއައި މަސައްކަތްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑާއި ހަވާލު ކުރަން ކުރިން ސަރުކާރުން އޮތީ ނިންމާފައެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އެ މައްސަލަ ވަޒީރުންގެ މަޖިލީހަށް ހުށައަޅުއްވާ، އެ ނިންމެވުމަށް ބަދަލު ގެންނަވާ، އެގްރޯނެޓް އަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑުގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓަކީ ޤައުމުގެ އުފެއްދުނަތެރިކަން އިތުރުކޮށް، އިޤްތިޞާދު ހަރުދަނާ ކުރުމަށް 2 ޖެނުއަރީ 2024 ގައި އުފައްދަވާފައިވާ ކުންފުންޏެކެވެ.
ވަޒީރުންގެ މަޖިލީހުގެ އެ ނިންމުމާ ގުޅިގެން ދަނޑުވެރިކަމާ ގުޅޭ މިނިސްޓްރީން އެގްރޯނެޓްގެ މަސައްކަތްތައް ވިލަރެސްކޮށް، ޓާގެޓްތައް ކަނޑައަޅާގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.
މިނިސްޓްރީން ބުނީ މި ބަދަލުގެ މައިގަނޑު މަގުސަދަކީ އެ މިނިސްޓްރީގެ އިރުޝާދުގެ ދަށުން ދަނޑުވެރިކަމުގެ ސިނާއަތުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ދަނޑުވެރިން ހައްދާތަކެތި ވިއްކޭނެ އިތުރު މަގުތައް ފަހިކޮށް، ދަނޑުވެރިކަމުން އިތުރު އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކުރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު