އެމްޓީސީސީން މާލެ ސަރަހައްދުގައި ހިންގާ ފެރީ ޓާމިނަލްތައް ބޭނުން ކުރަން ލޯންޗް އޮޕަރޭޓް ކުރާ ހަތް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.
ރަށްރަށަށް ދިއުމަށް ލޯންޗު ފެރީގެ ހިދުމަތް ހޯދާ ރައްޔިތުންނަށް މާލެއަށް އަރައިފޭބުމުގައި މިވަގުތު ތަހައްމަލު ކުރަން ޖެހިފައިވާ ތަކުލީފަށް ލުޔެއް ހޯދައިދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުގެ ދަށުން ހެންވޭރު އަދި ހުޅުމާލޭ ފެރީ ޓާމިނަލް ހަމަޖައްސައިދޭން މިހާރު ވަނީ ނިންމާފައެވެ.
އެމްޓީސީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ޓާމިނަލްތައް މާލެ އާއި އަތޮޅުތެރެއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖައްސައ،ި އެ ފުރުސަތު ދިނުމަށް އެ ކުންފުނިން ތައްޔާރުވަމުން އަންނަ ކަަމަށެވެ.
އެގޮތުން ހެންވޭރު އަދި ހުޅުމާލެ ފެރީ ޓާމިނަލް ބޭނުން ކުރުމަށް ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލި ފުރުސަތުގައި ލޯންޗް ފެރީގެ ޚިދުމަތް ފޯރުކޮށްދޭ ހަތް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ. މީގެ ތެރޭގައި އދ. އަތޮޅުގެ ފެންފުށި، މާމިގިލ،ި އަދި ދިއްދޫ، ކ. އަތޮޅުގެ މާފުށި، ގުރައިދޫ، ގުޅި، ގާފަރު އަދި ކާށިދޫ، ބ. އަތޮޅުގެ ތުޅާދޫ، ހިތާދޫ، ގޮއިދޫ، ފެހެންދޫ އަދި ފުޅަދޫއަށް ލޯންޗް ފެރީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ހިމެނޭ ކަަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
އެމްޓީސީސީން ބުނީ މިހާރު ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކާއެކު، މި ޚިދުމަތް ފެށުމާއެކު ދުވާލަކު ޖުމުލަ 15 ލޯންޗް ފެރީއަށް އެ ކުންފުނީގެ ޓާމިނަލްތަކުން ހިދުމަތް ދެވޭނެ ކަމަށެވެ. އެއީ ގާތްގަނޑަކަށް 2000 ފަސިންޖަރުންނެވެ.
އެމްޓީސީސީން ބުނީ ޚިދުމަތް ރޭވިފައިވާ ގޮތަށް ބަލާއިރު ހެންވޭރު ޓާމިނަލުން އެއްފަހަރާ 5 ލޯންޗަށް ކައިރި ކުރެވޭނެ ޖާގަ، އަދި ހުޅުމާލޭ ފެރީ ޓާމިނަލުން އެއްފަހަރާ 3 ލޯންޗަށް ކައިރި ކުރެވޭނެ ޖާގަ މި ޚިދުމަތަށް ޚާއްސަކުރެވިފައިވާ ކަމަށެވެ. ކޮންމެ އުޅަނދަކަށްވެސް އެ އުޅަނދު ޖެޓީއަށް ލަފާ ހިސާބުން ފެށިގެން ފުރުމާއި ދެމެދު 30 މިނިޓުގެ ވަގުތެއް ލިބޭނެ ކަމަށް އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި ދަތުރުވެރީން ޓާމިނަލަށް އައިސް ފުރުމާއި ދޭތެރޭ މަޑުކޮށްލުމަށް ހާއްސަ ސަރަހައްދެއް ޓާމިނަލް ތެރޭ އިންތިޒާމުކުރެވޭނެ ކަމަށާއި އަދި ދަތުރުވެރީންގެ ފަސޭހައަށްޓަކައި ޓާމިނަލްގެ ފާޚާނާ ޚިދުމަތް އަދި ބޯފެން ލިބުމުގެ އިންތިޒާމްވެސް ހަމަޖެހިފައި ހުންނާނެ ކަމަށް އެކުންފުނިން ބުންޏެވެ.
މީގެ އިތުރުން ޓާމިނަލްގެ ޚިދުމަތް ބޭނުން ކުރާ ފަރާތްތަކާއި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ ޚިޔާލާއި މަޝްވަރާއަށް ބަލައި ޚިދުމަތުގެފެންވަރު ރަނގަޅުކުރުންމަތީ އެމްޓީސީސީ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެކުންފުނިން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު