މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެފައިވާތީ ފެންގަނޑު ހިންދަން ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފުން ނުކުމެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ މާލެއަށް ބޯކޮށް ވާރޭވެހުމާއި ގުޅިގެން، ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މިވަގުތު ފެން ހިންދުމަށްޓަކައި މާލޭގެ ތިން ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ސިފައިން ހަރަކާތްތެރިވަމުންދާކަމަށް ސިފައިން ވަނީ ބުނެފައެވެ.
މާލެ ހިމެނޭ ސަރަހައްދަށް މޫސުން ގޯސްވެފައިވާއިރު، މެޓް އޮފީހުން ވަނީ ރ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް މިރޭ 11 ޖެހުމާ ހަމައަށް ހުދު ސަމާލު ނެރެފަ އެވެ.
މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށްވެސް މެޓުން ވަނީ ލަފާކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު