ހުޅުމާލޭގައި 18 އަހަރުން ދަށުގެ ކުޑަކުދިންތަކެއް ‏ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައިފިއެވެ.

ފުލުހުން ދެންމެ ބުނީ، މިރޭ 10:00 ހާއިރު ހުޅުމާލެ ފޭސް 2 ގައި 18 އަހަރުން ދަށުގެ ކުޑަކުދިންތަކެއް ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މަރާމާރީގައި އެތަނުން އެއް ކުއްޖަކު ޒަހަމް ވެފައިވާކަމަށާއި ދެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

އޭގެ އިތުރުން ވެސް 4 ކުއްޖަކު ހިފައްޓާފައިވާނޭކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން