ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު 7 އިން ފަސް ފަނޑިޔާރުންނަށް މަދުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ތަސްދީގު ނުކުރައްވަން ބަންޑާރަ ނައިބު އަހުމަދު އުޝާމް ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ލަފާ އެރުއްވި ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލާއި މެދު އަލުން ވިސްނަން އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު މަޖިލީހަށް މިރޭ ފޮނުއްވާފައެވެ. އެބިލް އަނބުރާ ފޮނުއްވާލައްވަން ރައީސް ނިންމެވީ އެބިލް ތަސްދީގުނުކުރައްވަން އެމަނިކުފާނަށް އެރުއްވި ލަފަޔާއި ގުޅިގެންނެވެ.
އެކަމާ ގުޅިގެން ބަންޑާރަ ނައިބު އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ގާބިލް ނޫން ފަނޑިޔާރުންގެ ނަންތައް ގާނޫނަށް އަމަލުކުރަން ފަށާތާ ފަސް ދުވަހުގެ ތެރޭގައި ޖޭއެސްސީން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތް ކުރާއިރު، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރު ނުވެ މަސައްކަތް ކުރައްވާހާ ހިނދަކު އެ ފަނޑިޔާރުން ވަކިކުރަން އެ ކޮމިޝަނުން ހުށަހެޅިދާނެ ކަމަށް ބަންޑާރަ ނައިބަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ޖޭއެސްސީން މިހާރު ބަލަމުން ދާއިރު، އެ މައްސަލަތަކާ މެދު ގޮތެއް ކަނޑައެޅުމުގެ ކުރިން އަދި ބިލްގައި ބަޔާންކޮށްފައިވާ ގޮތަށް، މަގާމަށް ގާބިލް ނޫން ފަނޑިޔާރުން ފަސް ދުވަހުގެ މުއްދަތު ތެރޭގައި ކަނޑައެޅުމަކީ އުސޫލުން ބޭރު ކަމެއް ކަމަށް ފާހަގަވާ ކަމަށް ވެސް ބަންޑާރަ ނައިބު ލަފާ އެރުއްވި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ބަންޑާރަ ނައިބު އުޝާމްގެ ލަފާގައި ވިދާޅުވީ، ފަނޑިޔާރުން ތަބާވާން ޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުން ބޭރު ނުވެ، މަސައްކަތް ކުރައްވާހާ ހިނދަކު، ފަނޑިޔާރަކު މަގާމުން ވަކި ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ބިލްގައި މިހާރު ކަނޑައަޅާފައިވާ ގޮތަށް އަމަލު ކޮށްފި ނަމަ އެ އުސޫލާ ފުށުއަރާނެ ކަމަށާއި އިންސާފުވެރިކަމާ އެކު ހުރިހާ ފަނޑިޔާރުން ޝާމިލްވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގާބިލްކަން ކަނޑައެޅުމުގެ ފުރުސަތު ގެއްލިދާނެ ކަން ވެސް ބިލުން ފާހަގަކުރެއްވޭ ކަމަށް އުޝާމް ވިދާޅުވި އެވެ.
އެ ކަންކަމަށް ރިއާޔަތް ކުރައްވައި ބަންޑާރަ ނައިބު އުޝާމް ވަނީ އެ ބިލް ތަސްދީގު ނުކުރަންވަން ރައީސް މުޢިއްޒަށް ލަފާ އަރުވާފައެވެ.
ޤާނޫނު އަސާސީގެ 91 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމުހޫރިއްޔާ ފޮނުވާ ބިލަކާއި މެދު އަލުން ވިސްނުމަށްފަހު އެބިލަށް އެއްވެސް ބަދަލެއް ނުގެނެސް އެބިލް މަޖިލީހުގެ ޖުމުލަ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވެއްޖެނަމަ އެބިލެއް ރައީސުލްޖުމުހޫރިއްޔާ ތަސްދީޤުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރަންވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު