ގައުމެއް ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށްޓަކައި ސެކިއުރިޓީ ބެލެހެއްޓުމަކީ އެންމެ މުހިންމު އެއް ކަންތައް ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

ކަރެކްޝަންސްގެ 30 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރޭ އޭނާ ވިދާޅުވީ ޖަލުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ކުޑަ ކަމެއް ނޫން ކަމަށާއި ސުލްހަ މަސްލަހަތު ނެތް ގައުމަކީ އަނދައި އަޅިއަށްވެފައިވާ ތަނެއް ކަމަށެވެ.

ޙަސަން ޒަރީރު ވިދާޅުވީ މިއަދު މުޅި ދުނިއެއިން ފެނިގެން ދަނީ އެފަދަ މަންޒަރުތަކެއް ކަމަށާއި 21 ވަނަ ގަރުނުގައި ދުނިޔޭގައި އުޅެންޖެހިފައި މި ވަނީ ސެކިއުރިޓީ ގޮންޖެހުންތަކާ އެކީގައި ކަމަށެވެ.

"އޭގެ ތެރެއިން އަޅުގަނޑުމެންނަކީ ވަސީލަތްތައް މަދު އެހެން ނަމަވެސް ސެކިއުރިޓީ ވަރަށް މުހިންމު ޤައުމެއް މިއީ. ކަންދިމާ ކުރި ގޮތުން އަޅުގަނޑުމެންގެ ސީ ބޯޑަރު ވަނީ ވަރަށް ބޮޑަށް ހުޅުވިފައި. އެ ސީ ބޯޑަރުން ފެށިގެން މި ޖަލުތަކާ ހަމައަށް އެކި ބާވަތުގެ ކުށްތައްކޮށްފައި ތިބި މީހުން އެބައާދޭ. މިރޭ ތިޔަ ކުދިން އަޒުމަކަށް ހަދަންވީ މިތަނުން އުނގެނުނު އެއްޗެއްގެ ބޭނުން ހިފުމަށް." އޭނަ ވިދާޅުވި އެވެ.

ގައިދީންގެ ގޮތުގައި މިހާރުވެސް 996 މީހުން ތިބިކަން ފާހަގަ ކުރައްވައި ސީޕީ ވިދާޅުވީ އީމާންތެރިކަމާއި، ތެދުވެރިކަމާއި، ޤައުމީ ލޯތްބާއި، ވަފާތެރިކަމާއެކީ. ޖަލުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ކުޑަ ކަމެއް ނޫންކަމަށެވެ.

ސީޕީ ވިދާޅުވީ ޖަލުތަކުގަ މަސައްކަތް ކުރާ 700 އަށް ވުރެ ގިނަ އޮފިސަރުންނަކީ 24 ގަޑިއިރުގައި މަސައްކަތުގެ މައިދާނުގައި ތިއްބެވި ޤައުމީ ބަތަލުން ކަމަށާއި އެއިން އެއްވެސް އޮފިސަރަކީ ދިމާވާ އެއްވެސް ކަމެއްގައި ފަހަތަށް ޖެހޭނެ ބައެއް ނޫން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން