ރުއް އާލާކުރަން ހާއްސަ ރަށެއްގެ ގޮތުގައި ސަރުކާރުން އަރިޔަދޫ ހަމަޖައްސައި އެ ރަށް އެގްރިކަލްޗަ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި އެވެ.
މި މަހުގެ ނުވައެއްގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ސަރުކާރުން ވަނީ މިގޮތަށް ނިންމަވާފަ އެވެ.
ރާއްޖޭގައި ރުއް އާލާކުރުމުގެ ގައުމީ ޕްރޮގްރާމުގެ ދަށުން އަރިޔަދޫގައި "ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރ" އެއް ގާއިމުކޮށް ރާއްޖޭގައި ހެދޭ، އަދި ހައްދަން ބޭނުންވާ މަތިވަރާއި، ފެންވަރު ރަނގަޅު (ޖެނެޓިކަލީ އިމްޕްރޫވްޑް) ރުކުގެ ނާސަރީތަކެއް ގާއިމުކޮށް ރުކުގެ ސެޓިފައިޑް ތަފާތު މުޑުވައްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަށްތަކަށް ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަން ވަނީ ނިންމައިފަ އެވެ.
ރަށުގެ ހޭޅިފަށުގައި ހެދޭ ގަސްގަހާއިގެހި އާލާ ކުރުމަށާއި، ކާނާގެ ޔަގީންކަން ގާއިމުކުރުމަށްޓަކައި، ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ތަފާތު މުޑުވައްތައް ވެސް އަރިޔަދޫގައި އުފައްދާނެ އެވެ.
މީގެ އިތުރަށް ރުއްތަކަށް ޖެހޭ ބަލިތައް ދެނެގަނެ މިކަމުގެ ހައްލު ހޯދުމުގެ މަސައްކަތަށް މަގުފަހިވާ އެޑެޕްޓިވް ރިސާޗް އަރިއަދޫގައި ފަށައި، ރުކަށް ޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމަށް ބޭނުން ކުރާނެ ބައޮލޮޖިކަލް ކޮންޓްރޯލް (ފައިދާހުރި ދިރޭ ސޫފާސޫފި އަދި ފަނިފަކުސާ) އާލާކުރުމުގެ މަސައްކަތްތަކެއް ކުރިޔަށް ގެންދިއުމަށް ވެސް ނިންމާފައިވެ އެވެ.
ސަރުކާރުން ވަނީ އަރިޔަދޫގައި އެ މަރުކަޒު.ހެދުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމަށްޓަކައި ފޮރިން އިންވެސްޓްމަންޓަށް ހުޅުވާލައިގެން ރަށް މެނޭޖް ކުރުމުގެ ހަރަދު ހޯދާނެ ކަމަށް ބުނެފަ އެވެ.
ރާއްޖޭގަ މިވަގުތު ހުރި ރުއްތަކަކީ އުމުރުން ވަރަށް ދުވަސްވީ ރުއްތަކެއް ކަމުން މި މަޝްރޫޢުގެ ސަބަބުން ރުކުގެ ބާވަތްތަށް ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބި ކާނާގެ ޔަގީންކަން އިތުރުވާނެ ކަމަށް ސަރުކާރުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު