މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް އަވައްޓެރި ސްރީ ލަންކާގައި ބާއްވަން ނިންމައިފި އެވެ.
މި މުބާރާތް އެންމެ ފަހުން ބޭއްވީ 2023 ގައި އިންޑިއާގަ އެވެ.
ދެކުނު އޭޝިއާގެ އެންމެ ވާދަވެރި އެއް މުބާރާތުގެ ގޮތުގައި ހިމެނޭ މި މުބާރާތް އެންމެ ފަހުން ބޭއްވީ އިންޑިޔާގެ ބެންގަލޫރްގައެވެ. އެފަހަރުގެ މުބާރާތުގެ ޗެމްޕިއަނަކީ ވެސް އިންޑިއާ އެވެ. އަދި އެއީ އިންޑިއާ ސާފު ޗެމްޕިއަންޝިޕް ނުވަ ވަނަ ފަހަރަށް ހޯދި މުބާރާތެވެ.
މި އަހަރުގެ ސާފް ޗެމްޕިއަންސްޝިޕް ބާއްވަން ތާވަލުކޮށްފައި ވަނީ ޖޫން 22 އިން ޖުލައި ފަސްވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް ސާކްގެ ހަތް ގައުމުން ވާދަކުރާނެ އެވެ. އެއީ ލަންކާ، އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް، ޕާކިސްތާން އަދި ބޫޓާނެވެ.
ލަންކާގައި ސާފް ޗެމްޕިއަންޝިޕް މި ބާއްވަނީ 17 އަހަރަށް ފަހު އެވެ. އެންމެ ފަހުން އެ ގައުމުގައި އެ މުބާރާތް ބޭއްވީ 2008 ގަ އެވެ.
ސާފް ޗެމްޕިއަންޝިޕް ބާއްވަމުން އަންނަނީ 1993 އިން ފެށިގެންނެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެ އިން ދެ ފަހަރަށް ހޯދާފައިވެ އެވެ. އެއީ 2008 އާއި 2018 ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު