ދ. ކުޑަހުވަދޫ މަގު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން، ފޮޓޯ: އާރްޑީސީ
ދ. ކުޑަހުވަދޫ މަގު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން، ފޮޓޯ: އާރްޑީސީ
މެދުރާއްޖެތެރޭގެ ތިން ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް ދާކަމަށް ރޯޑް ދިވެލޮޕްމެންޓު ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.

އެގޮތުން އާރްޑީސީން ބުނީ މިވަގުތު މަސައްކަތް ކުރިއަށްދާ ތިން ރަށަކީ ޅ. ހިއްނަވަރު، މ. މުލަށް އަދި ދ. ކުޑަހުވަދޫ ކަމަށެވެ.

ތަރައްގީއަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ޅ. ހިއްނަވަރުގައި މިހާރު ކުރަމުންދަނީ ރޯޑް 09 ގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތާއި، ރޯޑް 01 ގައި ކޭބަލް ޖަންކްޝަން ހޮޅި ރަނގަޅު ކުރުމުގެ މަސައްކަތެވެ.

އަދި މ. މުލަކުގައި ކުރިއަށްދަނީ އިރުދޭ މަގު އަދި ބަހާރީ މަގުގައި ޕަންޕު ސްޓޭޝަންގެ މަސައްކަތާއި، ސޯސަން މަގުގައި ދުވާރުގެ މަސައްކަތެވެ.

މީގެ އިތުރުން ދ. ކުޑަހުވަދޫގައި ކުރިއަށްދަނީ ދޮށިމޭނާ މަގުގައި ސްޓޯމްވޯޓަރ ހޮޅި އެޅުމަށް މަގު ކޮނުމުގެ މަސައްކަތާއި، ތުނޑި ގޯޅީގައި ކާރބް ސްޓޯން ޗެމްފަރ ޖެހުމުގެ މަސައްކަތެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން