ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އިސްބޭފުޅުންނަށް ރޯދަވީއްލުމެއް ދެއްވައިފިއެވެ.
ބުދަ ދުވަހު ހަވީރު ބޭއްވި މި ރޯދަ ވީއްލުން އޮތީ މުލީއާގޭގައެވެ. ރައީސް އޮފީހުން ބުނީ މި ރޯދަ ވީއްލުމަށް ވަޑައިގެންނެވި ޢިއްޒަތްތެރިން ރައީސްގެ ދެކަނބަލުންނަށް އިހުތިރާމް އަދާކުރައްވާފައިވާ ކަމަށެވެ.
މި ރޯދަ ވީއްލުމުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދާއި ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލްގެ އިތުރުން ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު