އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނަ މީހުންނަކީ ކޮފީ ބޯ މީހުންނެވެ. ދުވަސް ފަށައިގަންނައިރު ކޮފީއެއް ނުބޯނަމަ ބައެއް މީހުންނަށް މަސައްކަތް ކުރަންވެސް އުނދަގޫ ވެއެވެ. މިފަހަރު މި ހިމަނާލަނީ މާ ގިނައިން ކޮފީ ބޯނަމަ ދިމާވާ ބައެއް މައްސަލަތަކެވެ.
ނިދަން އުނދަގޫވުން
ކޮފީ އަކީ އޭގައި ގިނަ އަދަދަކަށް ކެފެއިން ހިމެނޭ އެއްޗަކަށްވީއިރު ކެފެއިން އަކީ ސްޓިމިއުލެންޓެކެވެ. އެހެންވެ މާ ގިނައިން ކޮފީ ބޯނަމަ ނިދަން ދަތިވެ، މީހާ ހަމަ ނިދިން މަހުރޫމް ވެއެވެ. އަދި އޭގެ ސަބަބުން ތަފާތު އެކި ސިއްހީ މައްސަލަތައް ކުރިމަތިވެއެވެ.
ހަޖަމުގެ މައްސަލަތައް ދިމާވުން
މާ ގިނައިން ކޮފީ ބޯނަމަ އޭގެ ސަބަބުން ހަޖަމުގެ މައްސަލަތައް ދިމާވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ކޮފީ ބުއިމުން ކާއެއްޗެހި ހަޖަމު ކުރެވޭ ވަރު ހަލުވިވެ، މާ ގިނައިން ފާހާނާއަށް ދެވުންފަދަ މައްސަލަތައް ދިމާވެއެވެ.
ލޭގެ ޕްރެޝަރު މަތިވުން
ކޮފީ ބުއިމުން މީހާގެ ނާރުތަކުގެ ނިޒާމު ސްޓިމިއުލޭޓުވެ، އޭގެ ސަބަބުން ހަށިގަނޑުގައި ލޭ ދައުރުވާ ވަރު އިތުރުވެއެވެ. އަދި އޭގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވެއެވެ. ލޭގެ ޕްރެޝަރު މަތިވުމުން ސްޓްރޯކު އަދި ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.

ކިޔުންތެރިންގެ ހިޔާލު