2024 ވަނަ އަހަރު ނިމުނުއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން 13 ކުންފުންޏެއްގެ އެކްސްޓާނަލް އޮޑިޓް ނިމިފައިނުވާ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފިއެވެ.
ޕީސީބީން މިކަން ހާމަކޮށްފައި ވަނީ ގަވަނަންސް ހަރުދަނާކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރަމުންނެވެ.
ޕީސީބީން އާންމުކުރި އަހަރީ ރިޕޯޓުގައި ބުނެފައިވަނީ ފާއިތުވި އަހަރުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިކަމުގައި ހުރި އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފާހަގަވީ ކުންފުނިތަކުގެ މާލީ ކަންތައް ބެލެހެއްޓުމުގައި ހުރި ގޮންޖެހުންތައް ކަމުގައެވެ. އެގޮތުން ކުންފުނިތަކުގެ ބޯޑުގައި މާލީ ދާއިރާއިން ތައުލީމީ ތަޖުރިބާ ލިބިފައިވާ މީހުން މަދު ކަމަށް ޕީސީބީން ވަނީ ފާހަގަ ކޮށްފައެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މިދިޔަ އަހަރު ބޯޑުން ކޯޕަރޭޓު ގަވަނަންސް ކޯޑުގައި ބަޔާންކުރާ "އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓެންޓްސް" އިން ގަބޫލުކުރާ ފެންވަރުގެ ތައުލީމީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ ޕޫލެއް އެކުލަވާފައިވާކަން ޕީސީބީން ވަނީ ހާމަކޮށްފައެވެ.
ނަމަވެސް 4 ކުންފުންޏެއްގެ ޗީޕް ފައިނޭންޝަލް އޮފިސަރުންގެ ގޮތުގައި ޕީސީބީން ކަނޑައަޅާފައިވާ މިންގަނޑުތަކުގެ އޮފިސަރުން މިދިޔަ އަހަރު ނިމުނުއިރުވެސް ނެތްކަން ފާހަގަ ކުރެވުނު ކަމަށް ޕީސީބީން ވަނީ ބުނެފައެވެ.
އަދި 13 ކުންފުންޏެއްގެ އޮޑިޓް ރިޕޯޓު ނިމިފައި ނުވާތީ އަހަރީ އާންމު ޖަލްސާ ބޭއްވިފައި ނުވާ ކަމަށާއި، އަހަރީ ރިޕޯޓުތައްވެސް ތައްޔާރު ކުރެވިފައި ނުވާކަން ފާހަގަ ކުރެވުނު ކަމަށް ޕީސީބީން ވަނީ ބުނެފައެެވެ. މީގެ ތެރޭގައި އެއް އަހަރަށްވުރެ ގިނަ އަހަރުތަކުގެ އެކްސްޓާނަލް އޮޑިޓުތައް ނުނިމި ހުރި ކުންފުނިތައްވެސް ހިމެނޭ ކަމަށް ޕީސީބީން ބުނެފައި ވެއެވެ.
މީގެ އިތުރުން ޕީސީބީން ބުނީ ކުންފުނިތަކުގެ ވެބްސައިޓްގައި އާންމުކުރަން ލާޒިމްކުރާ މައުލޫމާތު އާންމު ކޮށްފައިވާ މިންވަރު ދަށްކަމަށާއި، މަސްލަހަތުވެރިންނާއި ރައްޔިތުންނާ ގުޅުންހުރި ރިޕޯޓުތައް ޝާއިއު ކޮށްފައިވާ މިންވަރުވެސް ދައްކަން އެ ބޯޑަށް ފާހަގަ ކުރެވުނު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު