2024 ވަނަ އަހަރު ނިމުނުއިރު ސަރުކާރުގެ ކުންފުނިތަކުގެ ދަރަނި 55.8 ބިލިއަނަށް އަރާފައިވާކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން ހާމަކޮށްފިއެވެ.
ޕީސީބީގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު މިހާރު އާންމު ކޮށްފައިވާއިރު އެ ރިޕޯޓުން ހާމަވާ ގޮތުގައި މިދިޔަ އަހަރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދަރަނި ވަނީ މަތިވެފައެވެ.
އެގޮތުން ބަލާއިރު އަހަރު ނިމުނުއިރު ކުންފުނިތަކުގެ ޖުމްލަ ދަރަނި 55.8 ބިލިއަނަށް އަރާފައިވާއިރު، މިއީ 2023 ވަނަ އަހަރާ އަޅާ ބަލާއިރު 17.5 އިންސައްތައިގެ އިތުރުވުމެއް ކަމުގައި ޕީސީބީން ވަނީ ފާހަަގަ ކޮށްފައެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދަރަނި މިދިޔަ އަހަރު މަތިވެފައިވާއިރު، އެ ކުންފުނިތަކުގެ އާމްދަނީ އާއި ސާފު ފައިދާވެސް ވަނީ 2023 ވަނަ އަހަރާ އަޅާބަލާއިރު ދައްވެފައެވެ.
ރާއްޖޭގެ އިގްތިސާދުގައި ސަރުކާރު ހިއްސާވާ ކުންފުނިތަަކަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ކުންފުނިތަކެކެވެ. މިދިޔަ އަހަރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގޮތުގައި 33 ކުންފުންޏެއް އޮތް އިރު، އޭގެ ތެރޭގައި ސަރުކާރުގެ 100 އިންސައްތަ ހިއްސާ އެކުލެވޭ 23 ކުންފުނި ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު