މިހިނގާ ރޯދަ މަހުގެ ފުރަތަމަ ދިހައެއް ފާއިތުވި އިރު ރޯދަ މަހުގެ ޢިނާޔަތް ނުދޭ ކަމަށް ބުނެ 33 ފަރާތަކުން ލޭބަ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޭ) އަށް ޝަކުވާ ހުށަހަޅައިފި އެވެ.
އެލްއާރްއޭ އިން ބުނީ 33 މީހަކު ޝަކުވާ ކޮށްފައިވާ ކަމަށާއި މިހާރު އަންނަނީ އެ ޝަކުވާތައް ބަލަމުން ކަމަށެވެ.
ރޯދަ އެލަވަންސް ނުދީފި ނަމަ ފުރަތަމަ ނަސޭހަތްތެރިވެ، އެކަން ތަކުރާރުވެއްޖެނަމަ 5000-50،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ލޭބަ ރިލޭޝަން އޮތޯރިޓީ އަށް ލިބިގެންވެ އެވެ.
ވަޒީފާއާބެހޭ ގާނޫނުގައި ބުނާ ގޮތުން ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދޭން ޖެހޭނެ އެވެ. އަދި މި އިނާޔަތް ރޯދަ މަސް ފެށުމުގެ ކުރިން ދޭން ޖެހެ އެވެ.
މި އަހަރުގެ ރޯދަމަހުގެ އިނާޔަތް މިދިޔަ މަހުގެ 20 ވަނަދުވަހު ކުރިން މުވައްޒަފުންނަށް ދިނުމަށް ފިނޭންސް މިނިސްޓްރީން ވެސް އޮތީ އަންގައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު