ޕާކިސްތާނުގެ އަސްކަރީ މަނަވަރު "ޕީއެންއެސް އަސްލަތު" ދިވެހިރާއްޖެއަށް އަތުވެއްޖެ އެވެ.

ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނުގެ އެމްބަސީން ބުނީ މި މަނަވަރު މިއަދު ހެނދުނު ރާއްޖެ އައިސްފައިވަނީ ހަތަރު ދުވަހުގެ ދަތުރެއްގައި ކަމަށެވެ. މި ދަތުރުގެ ބޭނުމަކީ ރާއްޖެ އާއި ޕާކިސްތާނާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުން ކަމަށް އެމްބަސީން ބުނެ އެވެ.

މި އަސްކަރީ މަނަވަރު ރާއްޖޭގައި ހޭދަކުރާ މުއްދަތުގައި ޕާކިސްތާނު އަސްކަރިއްޔާ އާއި އެމްއެންޑީއެފް ގުޅިގެން ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޕާކިސްތާން އެމްބަސީން ހާމަކުރެ އެވެ.

ޕާކިސްތާނުގެ މަނަވަރެއް ރާއްޖެއަށް އައިސްފައިވާއިރު މިދިޔަ އަހަރުގެ ފަހުކޮޅު ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން، ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް ސައީދު އާސިިމް މުނީރު އާ ބައްދަލު ކުރައްވައި އެ ގައުމާއެކު އަސްކަރީ ގުޅުން ވަރުގަދަކޮށް ބަދަހި ކުރަން ވަނީ މަޝްވަރާކުރައްވާފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން