ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑު ކުރުމަކީ އެ ކޯޓުގައި ތަޅު އެޅުވުންކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ފުރަތަމަ ރައީސް، އިބްރާހީމް އިސްމާއިލް ހައިކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓުން ބަލައިނުގަންނަން ނިންމައިފިއެވެ.

އިބުރާ އެ މައްސަލަ ހުށަހެޅުއްވީ، ސިޔާސީ ޕާޓީ ބަދަލު ކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލަމުން ދަނިކޮށް އެ ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށް ޖޭއެސްސީން އެ ބޭފުޅުންނާ ގުޅޭ ތަހުގީގުތަކެއް ކުރިއަށް ގެންދަން ފެށުމުންނެވެ.

އިބްރާ ހުށަހެޅުއްވި މައްސަލަ ބަލައިނުގަންނަން ނިންމި ސަބަބެއްގެ ގޮތުގައި ހައިކޯޓުގެ ރަޖިސްޓްރާ ފާހަގަ ކުރައްވާފައިވަނީ، ހުށަހެޅި މައްސަލާގައި ގާނޫނުއަސާސީއާއި ހިލާފަށް ކޮށްފައިވަނީ ކޮންކަމެއްކަން ބުނެދެވިފައި ނެތުމުންކަމަށެވެ.

މި މައްސަލަ ހުށައަޅުއްވަމުން އިބުރާ ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑް ކުރުމަކީ އެކޯޓުގައި ތަޅުއެޅުވުން ކަމަށާއި އަދި މި ހާލަތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރިޔަސް، ރައްޔިތުންގެ ހައްގުތަކެއް ގެއްލޭނެ ކަމަށާއި އޭރުން ގާނޫނުއަސާސީގެ ބާރު ކެނޑުނީ ކަމަށެވެ.

އެހެންކަމުން ސުޕްރީމް ކޯޓު ހިންގޭނެގޮތެއް މުހިންމުކަން އިބްރާ ވަނީ ފާހަގަ ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން