އެމްޑީޕީން މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން އަހުމަދު ސަލީމް (މާޒް ސަލީމް) އަދި ޓެކްސީ ޑްރައިވަރު މުހައްމަދު ޝާމިން ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވައިފި އެވެ.
އެމްޑީޕީން މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން އަހުމަދު ސަލީމް (މާޒް ސަލީމް) ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ހަވީރު 4:00 އަށެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ބަޔަކާއެކު އެއްވެ އަޑުގަދަކޮށް ޓްރެފިކަށް ހުރަސްއެޅުމާއި ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ތުހުމަތެވެ. އެމްޑީޕީގެ އެކްޓިވިސްޓް ޝާމިންގެ މައްޗަށް ފުލުހުން ކުރަނީ ހަމަ އެ ތުހުމަތެވެ. އޭނާ ހާޒިރުވާން ޗިޓް ފޮނުވީ ހޮނިހިރު ދުވަހު މެންދުރުފަހު 2:00 އަށެވެ. އެ ދެ މީހުން ވެސް ހާޒިރުވާން އަންގާފައިވަނީ ސާޖަންޓު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޓިވް ބިލްޑިންގަށެވެ.
މާޒް ސަލީމް އާއި ޝާމިން ކޮންމެ ރެއަކުހެން މި މުޒާހަރާތަކުގެ ބައިވެރިވެއެވެ. މިރޭ ކުރިއަށްދިޔަ މުޒާހަރާގައިވެސް އެ ދެ މީހުން ވަނީ ބައިވެރިވެފައެވެ.
އެމްޑީޕީން މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން އަހުމަދު ސަލީމް (މާޒް ސަލީމް) އަދި ޓެކްސީ ޑްރައިވަރު މުހައްމަދު ޝާމިން ފުލުހަށް ހާޒިރުކުރާއިރު މުޒާހަރާ އާއި ގުޅިގެން މަކުނުދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު، މުހައްމަދު ރާއީ އާއި އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، މޫސާ އަލި މަނިކު (މޫކޭ) ވެސް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު