ބ. ދަރަވަންދޫގައި ދެމަފިރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި އެކަކު ކަރުގައި ވަޅި އަޅައިފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ރޭ ދަންވަރު 1:52 ހާއިރު ދަރަވަންދޫގައި ދެމަފިރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި ފިރިހެނަކު ޒަޚަމްވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޒަޚަމްވި ފިރިހެންމީހާއަށް ފަރުވާ ދިނުމަށްފަހު ބ. އޭދަފުށީ ހޮސްޕިޓަލުން މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"ދަރަވަންދޫގައި ދެމަފިރިންގެ ދެމެދުގައި ހަމަނުޖެހުން ހިނގި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވޭ. މި ހަމަނުޖެހުމުގައި ފިރިހެނަކު ޒަޚަމްވެގެން އޭދަފުށީ ހޮސްޕިޓަލްއިން ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވޭ." ފުލުހުން ބުންޏެވެ.

ފުލުހުން މި މައްސަލައިގެ ތަޙްޤީޤު ކުރިއަށް ގެންދާ ކަމަށް ބުނެފައިވާއިރު، އިތުރު ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން