ވެރިކަމާއި ހަވާލުވެވަޑައިގަތީ އަމިއްލަ ފައިދާ އަކަށް ނޫން ކަމަށާއި އެމަނިކުފާނު ކުރެއްވީ ޑިމޮކްރަސީ ޓްރެކަށް އެޅުވުމުގެ މަސައްކަތްޕުޅު ކަމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެެވެ.
ރައީސް ވަޙީދު މިހެން ވިދާޅުވީ ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ ޕްރޮގުރާމަކަށް ރޭ ދެެއްވި އިންޓަވިއުގައި އެެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. 2008 ވަނަ އަހަރު ވެރިކަމަށް އައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގެ ކޯލިޝަންގެ ތެރެއިން ސަރުކާރުގައި ހިމެނުނު ނައިބު ރައީސް އަކީ ރައީސް ޑރ. މުޙައްމަދު ވަޙީދެވެ. 2012 ވަނަ އަހަރުގެ ފެބްރުއަރީ 07 ވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން ރައީސް ޑރ. މުޙައްމަދު ވަޙީދު ވަނީ ވެރިކަމާ ހަވާލުވެ ވަޑައިގެން، ދައުރު ފުރިހަމަކުރައްވާފައެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު ވަޙީދު ވިދާޅުވީ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމުން ވެެރިކަމާއި ހަވާލުވެވަޑައިގަތީ އަމިއްލަ ފައިދާއަކަށް ނޫން ކަމަށެވެ. އެމަނިކުފާނުގެ މަޤްޞަދަކީ ޤައުމުގެ ޑިމޮކްރަސީ ހަރުދަނާ މަގަކަށް އެޅުވުން ކަމަށް ވަޙީދު ވިދާޅުވިއެވެ.
ރައީސް ވަޙީދު ވިދާޅުވީ އެމަނިކުފާނަކީ ބޭރުގެ ގިނަ ޤައުމު ތަކެއްގައި ދާޚިލީ ހަނގުރާމައިގެ ތެރޭގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށާއި އެ ތަޖުރިބާ އެގޮތަށް ހުރި ދިވެއްސަކު ނުހުންނާނެ ކަމަށެވެ. އަދި އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ އިލްމާއި ތައުލީމުގެ އަލީގައި ޤައުމަށް ދިމާވި ޚުތޫރަތްތެރި ދަނޑިވަޅުގައި ޒިންމާ އިން ރެކެން ބޭނުންފުޅުނުވީ ކަމަށް ރައީސް ވަޙީދު ވިދާޅުވިއެވެ. ވެރިކަން ބަދަލުވެ ހިނގާދިޔަ ކަންތައްތަކުގެ ތެރޭގައި ޤައުމަށް ދިމާވި އެހާލަތު ރަނގަޅު ކުރެވޭނެ ވަރަށް މަދު މީހަކު ނޫނީ އޭރު ނެތް ކަމަށް ރައީސް ވަޙީދު ވިދާޅުވިއެވެ.
"އަޅުގަނޑު ޤައުމީ ޚިދުމަތް ކުރަން ނިކުމެ ހުރި މީހަކު އެ ސިޗުއޭޝަން ރައްޔިތުންގެ ބޮލާލާ ޖަހާފައި ދުރަށް ދިޔުމަކީ އަޅުގަނޑުގެ ޒަމީރު ޤަބޫލުކުރިކަމެއް ނޫން، އަޅުގަނޑު ވެރިކަމާއި ހަވާލުވީ އަމިއްލަ ފައިދާއަކަށް ވިސްނައިގެނެއް ނޫން، ސިޔާސީ ހަޔާތުގައި ދެން ކުރިއަށް އޮތްތަނަށް އޭގެ ސަބަބުން ކޮންމެވެސް ވަރެއްގެ އަސަރެއް ކުރި، ކުރަމުން ވެސް ދޭ، އެހެން ނަމަވެސް އެކަން އަޅުގަނޑު ކުރީ އެއީ އެވަގުތަށް އޮތް އެންމެ މުހިންމު އަޅުގަނޑަށް ދެވެން އޮތް ޚިދުމަތް ކަމަށް ދެކިގެން." ރައީސް ވަޙީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަޙީދު ވިދާޅުވީ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ވެސް ދިޔައީ ވަރަށް ހަލަބޮލި ކޮށް ކަމަށެވެ. އެ އިންތިޚާބުގައި ރައީސް ޑރ. ވަހީދު ވާދަކުރެއްވުމުން އެމަނިކުފާނަށް ލިބިވަޑައިގަތީ ފަސް ޕަސެންޓް ވޯޓެވެ.
ވަހީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާ ސުޕްރީމް ކޯޓުން ބާތިލްކުރުމުން ކުރިއަށް ވަޑައިގަތުމުގެ ފުރުސަތު އޮތް ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު ރިޔާސީ ރޭހުން ވަކިވެވަޑައިގަތީ އިންތިހާބު ބާއްވައި ރައީސަކު އިންތިހާބުކޮށް ޤައުމަށް ހަމަޖެހުން ގެންނަން ބޭނުންފުޅުވާތީ ކަމަށް ރައީސް ވަޙީދު ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާގޮތުގައި އެ ދަނޑިވަޅުގައި މުހިންމީ ޤައުމު ހަމަޖެހުމަކަށް އައުން، ﷲ ގެ އިރާދަފުޅުން ޑިމޮކްރަސީ ޓްރެކުން ނައްޓާލައިގެން ދާން އުޅުނު ވަގުތެެއްގައި އަލުން އަނބުރާ ޓްރެކަށް އެޅުވުމުގެ މަސައްކަތް އަޅުގަނޑު ކުރީ." ރައީސް ވަޙީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު