ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކެނެޑާގެ އައު ބޮޑުވަޒީރު، މާކް ޖޯސެފް ކާނީ، މަޤާމާއި ހަވާލުވެވަޑައިގަތުމުން އެ މަނިކުފާނަށް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި، ކެނެޑާގެ ބޮޑުވަޒީރު ކާނީގެ ޒަޢާމަތުގައި އެޤައުމުގައި ހަމަޖެހުމާއި ފާގަތިކަން ދެމި އޮންނާނެކަން ޔަޤީން ކުރައްވާކަމުގައި ވިދާޅުވި އެވެ. އަދި، ކެނެޑާގެ އައު ބޮޑުވަޒީރަށް ކާމިޔާބީއާއި، ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ކެނެޑާގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން