ދަރިން ކިޔަވައިގެން މޮޅު ކުދިބަޔަކަށްވެ، މުޖުތަމައަށް ފައިދާހުރި ބަޔަކަށް ވުމަކީ ކޮންމެ ބެލެނިވެރިއެއްގެވެސް އުންމީދެކެވެ. މިހެންވެ، އަބަދުވެސް ކިޔެވުމަށް އިސްކަން ދިނުމަށް ބެލެނިވެރިން ނަސޭހަތްތެރިވެއެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި އެކުދިންގެ ސަމާލުކަން ގެއްލި، ކިޔެވުންމަތިން ފޫހިވާ ފަހަރުވެސް އާދެއެވެ.
ތިރީގައި މި ހިމަނާލަނީ މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ދަރިންނަށް ކިޔެވުމަށް ހިއްވަރު ދިނުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންކަމެވެ.
ކިޔެވުމުގެ މާހައުލު ރަނގަޅު ކުރުން
ކިޔެވުމަށް ހިއްވަރުދިނުމަށްޓަކައި އެކުދިންގެ ކިޔެވުމުގެ މާހައުލު ރަނގަޅު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން އެކުދިންނަށް ކިޔެވުމަށް އަރާމު އަދި ފަސޭހަ މާހައުލެއް ހޯދައިދޭން ބެލެނިވެރިން ޖެހޭނެއެވެ. މިސާލަކަށް އެކަށީގެންވާ އަލިކަމާއި، ރަނގަޅު ގޮނޑިއާއި މޭޒު، އަދި ކިޔެވުމަށް ބޭނުންވާ ހުރިހާ ތަކެއްޗެއް އެކުދިންނަށް ހޯދައިދޭން ޖެހޭނެއެވެ.
ކާމިޔާބީތައް ފާހަގަކޮށް، ހިއްވަރުދިނުން
ކުދިންގެ ހިތްތަކުގައި ކިޔެވުމުގެ ރޫހު އާލާކުރަން ބޭނުންވަނީނަމަ އެކުދިން ސްކޫލުގައި ހޯދާ ކާމިޔާބީތައް ފާހަގަކޮށް، އެކުދިންނަށް ހިއްވަރު ދިނުމަކީވެސް މުހިންމު ކަމެކެވެ. މިކަމުން ކުދިންގެ އިތުބާރު އިތުރުވެ، އިތުރަށް ކިޔެވުމަށް ހިތްވަރު ލިބިގެންދާނެއެވެ.
ކިޔެވުމުގެ ތަފާތު ގޮތްތައް ދަސްކޮށްދިނުން
ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. އެކި ކުދިންނަށް ފިލާވަޅު ދަސްކުރެވޭނީ އެކި ގޮތްގޮތަށެވެ. ކުދިންނަށް ކިއެވުމަށް ހިއްވަރުދޭން ބޭނުންވާނަމަ އެކުދިންނަށް ކިޔެވުމުގައި ގެންގުޅެވޭނެ ތަފާތު އުކުޅުތައް ދަސްކޮށްދީ، ކިއެވުމުގެ ތަފާތު ގޮތްތައް ދަސްކޮށްދިނުމަކީ މުހިންމު ކަމެކެވެ. މިހެން ހެދުމުން އެކުދިންނަށް އެންމެ ފަސޭހަައިން ފިލާވަޅުތައް ނަގައިގަނެވޭ ގޮތްތައް އެނގި، ކިއެވުމުގެ ރޫހު އާލާވެއެވެ.

ކިޔުންތެރިންގެ ހިޔާލު