މިއަހަރުގެ މިހާތަނަށް 2.28 ބިލިއަން ރުފިޔާގެ ލޯނު ދައްކާފައިވާ ކަމަށް ދަޢުލަތުގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
މާޅީ ވުޒާރާއިން މިދިޔަ ބުރާސްފައި ދުވަހު ޢާއްމު ކޮށްފައިވާ މާލީ ހިސާބުތައް ދައްކާ ގޮތުން މި މަހުގެ ހަވަނަ ދުވަހާ ހަމައަށް ދަޢޫލަތުން ވަނީ ލޯނުގެ ގޮތުގައި ޖުމުލަ 2.28 ބިލިއަން ރުފިޔާ ދައްކައިފައެވެ. އެއީ މި އަހަރަށް ފާސްކުރި ބަޖެޓުގައި ލޯނު ދެއްކުމަށް ޖަހާފައިވާ 3.87 ބިލިއަން ރުފިޔާގެ 59 އިންސައްތައެވެ.
ދަޢުލަތުން މިއަހަރު ދެއްކި ލޯނުތަކުގެ ތެރޭގައި އެމެރިކާގެ ކާގިލް ފައިނޭޝަލް ސާވިސް އިންޓަނޭޝަނަލުން ރައީސް ޞާލިޙްގެ ސަރުކާރުން ނެގި 100 މިލިއަން ޑޮލަރު ހިމެނެއެވެ.
ރައީސް ޞާލިޙްގެ ސަރުކާރުން އެލޯނު ނަގާފައިވަނީ ހަރަދުތައް ފޫބެއްދުމަށްޓަކައި 7.15 އިންސައްތައިގެ އިންޓްރެސްޓުގައެވެ. އެހެންކަމުން މި ލޯނަށް އިންޓްރެސްޓާއެކު 126 މިލިއަން ޑޮލަރު ދައްކަން ޖެހުނު ކަމަށް ތަފާސްހިސާބުން ދައްކައެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖޭން ލޯނުގެ ގޮތުގައި 2.28 ބިލިއަން ރުފިޔާ ދައްކާފައިވާއިރު ބޭރުގެ އެކި ފަރާތްތަކަށް ރާއްޖޭން ދައްކަން ޖެހޭ ލޯނުތައް ދެއްކޭނެ ފަސޭހަގޮތެއް ހޯއްދަވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުޢިއްޒު މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު