ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިންނަށް ނިސްބަތްކޮށް ފުރައްސާރަކޮށް، އެކުދިންގެ ކަރާމާތް ގެއްލުވާލަން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް މަންމައެއްގެ ހައިސިއްޔަތުން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ މިހެން ވިދާޅުވެފައިވަނީ ރައީސްގެ އާއިލާ އަދި ވަކިން ޚާއްސަކޮށް، ދަރިންނަށް ނިސްބަތްކޮށް ފާއިތުވި ދުވަސްތަކުގައި ކުރަމުންދާ ފުރައްސާރަތަކާ ގުޅިގެން މިއަދު ނެރުއްވި ނޫސްބަޔާނެއްގައެވެ.
އެގޮތުން އެ ބަޔާނުގައި އާއިލާގެ ފަރާތުންވަނީ ރައީސްގެ ދަރިކަލުންނަށް ނިސްބަތްކޮށް މި ވޭތުވެދިޔަ އަހަރުގެ ތެރޭގައި އަދި ޚާއްސަކޮށް ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި ހަގީގަތެއްނެތް ދޮގު ވާހަކަތައް ދައްކައި، އެ ވާހަކަތައް ފަތުރާފައިވާކަން ފާހަގަ ކުރައްވާފައެވެ.
އަދި އެވާހަކަތަކަކީ ރައީސް އާ ގުޅުވައި ސިޔާސީ ގޮތުން ދައްކަމުންދާ ވާހަކަތަކެއް ކަމަށާއި، އެކަމުގެ ސަބަބުން ރައީސްގެ ދަރިކަލުންނަށް ނޭދެވޭ އަސަރު ކުރާނެ ފަދަ ބޮޑެތި ކަންކަމަށް މަގުފަހިވުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ގާނޫނު އަސާސީގެ ދަށުން ކޮންމެ ކުޑަކުއްޖަކަށްވެސް ރައްކާތެރިކަން ލިބިގެންވާކަން ފާހަގަ ކުރަމުން ބަޔާނުގައި ބުނެފައި ވަނީ ރައީސްގެ 16 އަހަރުގެ ދަރިފުޅަށް ނިސްބަތްކޮށް ދޮގު މައުލޫމާތުތައް ފަތުރަމުންދާއިރު، އެބޭފުޅާއަކީ ތައުލީމީ ހަޔާތްވެސް އަދި ނުނިމޭ ކުއްޖެއް ކަމަށެވެ. މީގެ އިތުރުން ރައީސްގެ ދޮށީ ދަރިކަލުންނާއި، 8 އަހަރުގެ ދަރިކަލުންނަށް ގަނާކޮށް ފުރައްސާރަ ކުރަން ފަށާފައިވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރައީސްގެ އެއްވެސް ސިޔާސީ ނިންމެވުމަކަށް އާއިލާގެ ޙައިސިއްޔަތުން އެއްވެސް ނުފޫޒެއް މިހާތަނަށް ފޯރުވާފައިނުވާނެ ކަމަށެވެ. އެހެންނަމަވެސް މި ވޭތުވެދިޔަ ދުވަސްތަކުގައި އެކި ގޮތްގޮތުން އެކަމަނާ އަދި އާއިލާއަށް ފުރައްސާރަކޮށް، ދަރިންގެ ކަރާމަތް ގެއްލުވާލުމަށް މަސައްކަތްތަކެއް ކޮށްފައިވާތީ، އެކަންކަމުގައި ފިޔަވަޅުތަކެއް އަޅަން ނިންމަވާފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
އަދި މިފަދަ ފިޔަވަޅުތައް އެޅުމަކީ މުސްތަގުބަލަށްޓަކައިވެސް މުހިއްމު ކަމެއް ކަމަށާއި، މިއީ މަންމައެއްގެ ހައިސިއްޔަތުން އަޅުއްވާ ފިޔަވަޅުތަކެއްކަމަށްވެސް ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
މި ގާނޫނީ ބަޔާން ވިދާޅުވެދެއްވީ ޤާނޫނީ ވަކީލު އައިޝަތު އާޒިމާ ޝަކޫރުއެވެ. މި ބަޔާން ވިދާޅުވުމަށްފަހު އާޒިމާ ވަނީ މިކަމާ ގުޅިގެން އަޅަން ނިންމާފައިވާ ފިޔަވަޅުތައްވެސް ހިއްސާ ކުރައްވާފައެވެ.
އެގޮތުން އާޒިމާ ވިދާޅުވީ ރައީސްގެ އާއިލާގެ ފަރާތުން ޖިނާއީ މައްސަލަތަކެއް ހުށަހަޅައިގެން ކުރިއަށް ނުގެންދަވަން ނިންމަވާފައިވާ ކަމަށާއި، އަޅުއްވަން ނިންމަވާފައިވަނީ މަދަނީ ފިޔަވަޅުތަކެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު