ނައިބު ރައިސް ހުސައިން މުހައްމަދު ލަތީފް
ނައިބު ރައިސް ހުސައިން މުހައްމަދު ލަތީފް
ޒާތީވުމަކީ މުޖްތަމައުގެ އެއްބައިވަންތަކަން ނަގާލާ، އިޖްތިމާއީ ފޭރާން ފަސާދަ ކުރާނެ ކަމެއް ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލާއާ ދަރިންނަށް އިދިކޮޅުން ކުރަމުންދާ ފުރައްސާރަތަކާ ގުޅޭ ގޮތުން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކަކީ ޕްރޮފެޝަނަލް އަދި ރައްޔިތުންނަށް ނަމޫނާ ހަރަކާތްްތަކަކަށް ވާން ޖެހޭނެ ކަމަށެވެ.

އަދި އެންމެންވެސް ގުޅިގެން މަސައްކަތް ކުރަން ޖެހޭނީ މުޖްތަމައުގެ ގަދަރާއި ކަރާމާތް ރައްކާތެރި ކުރުމަށް ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ މިއީ ދުޅަހެޔޮ، އަދި ކުރިއަރާފައިވާ ގައުމެއް ބިނާ ކުރުމުގެ އަސާސު ކަމަށެވެ.



އެމްޑީޕީގެ އެކްޓިވިސްޓު، މަރިޔަމް ޒުބައިރު މުޒާހަރާއެއްގެ ތެރެއިން ރައީސް މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ވޭޕާއި ގުޅުވައި ދެއްކި ވާހަކައާ ގުޅިގެން އެޗްއާރުސީއެމާއި އީސީންވެސް ވަނީ އެކަން ކުއްވެރިކޮށް ބަޔާން ނެރެފައެވެ.

މިކަމާ ގުޅުވައިގެން ރައީސްގެ އަނބިކަބަލުންގެ ފަރާތުން މިއަދު ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީން ފަތުރަމުންދަނީ ހަގީގަތެއްނެތް ދޮގު ވާހަކަތަކެއް ކަމަށާއި، ދަރިންގެ ކަރާމާތް ނަގާލަން އެ ކުރާ މަސައްކަތްތަމާމެދު މަންމައެއްގެ ހައިސިއްޔަތުން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން