ރަށުގައި ބާކީ ހުރި ހަމައެކަނި ބެރެބެދި ގަސްތައް ކަނޑާތީ ފުވައްމުލަކު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން މި ގަސްތައް ކަނޑަނީ ކުޅިވަރު އެކުވެންޏެއް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް، ގިނަ ރައްޔިތުން ދެކޭ ގޮތުގައި މި ގަސްތަކަކީ ރަށުގެ ތިމާވެށި ރައްކާތެރިކުރުމަށް މުހިންމު ދައުރެއް އަދާކުރާ ގަސްތަކެކެވެ.
"ކަނޑާލާފައި މިވަނީ ފުވައްމުލަކުގައި ހުރި ހުރިހާ ބެރެބެދި ގަހެއް. ކޮންމެވެސް ޒާތެއްގެ ކުޅިވަރު ކުޅޭތަނެއް މިގަސްތަކާއި 20 ފޫޓުކައިރީގައި ހަދައިފައިވޭ، ގަސްތައް ކަނޑާލި ސަބަބަކީ މަގަށް ހިޔާދޭތީ ކަމުގައި ބެލެވެނީ" ފުވައްމުލަކު ސިޓީގެ ރައްޔިތަކު ނުރުހުން ފާޅު ކުރުމުގެ ގޮތުން ބުނެފައިވެއެވެެ.
އޭނާ އިތުރަށް ބުނީ މި ގަސްތައް ކަނޑާލުމުގެ ސަބަބުން ފުވައްމުލަކުގައި ބެރެބެދިގަސް އެއްކޮށް ނައްތާލެވިފައިވާ ކަމަށެވެ.
އެއް ފަސްގަނޑެއްގައި އޮތް ހަމައެކަނި އަތޮޅުގެ ގޮތުގައި ފާހަގަ ކުރެވޭ، ފުވައްމުލަކުގެ ބެރެބެދި ގަސްތަކަކީ އެ ރަށުގެ ޘަޤާފީ އަދި ތާރީޚީ ތަރިކައިގެ މުހިންމު ބައެއްގެ ގޮތުގައި ބެލެވެއެވެ. މި ގަސްތަކުގެ ސަބަބުން ރަށުގެ ގޮނޑުދޮށް ރައްކާތެރިވެ، އަދި ތިމާވެށި ހިމާޔަތްކުރުމަށް އެހީތެރިވެދެއެވެ. އެހެންކަމުން، މި ގަސްތައް ކެނޑުމާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުން އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު