ރައީސް ވަހީދު އަދި ރައީސް ޑރ. މުއިއްޒު
ރައީސް ވަހީދު އަދި ރައީސް ޑރ. މުއިއްޒު
ސިޔާސީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އާއިލާތަކަށް ހަމަލާތައް ދިނުމަކީ ރާއްޖޭގައި މިހާރު އާންމުވެފައިވާ ކަމެއްކަމަށާއި އެކަމަކީ މިހާރުން މިހާރަށް ވެސް ހުއްޓާލަންޖެހޭ ކަމެއްކަމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ވަޙީދު މިހެން ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް އެމްޑީޕީގެ މުޒާހަރާގެ ތެރެއިން އެ ޕާޓީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު ދެއްކި ވާހަކައެއްގެ މައްސަލަ ހޫނު ވެފައި ވަނިކޮށެވެ.

އެ ވާހަކަތަކާ ގުޅިގެން ރައީސްގެ އާއިލާއިން މިހާރު ވަނީ ނުރަސްމީ ހައިސިއްޔަތުން އެކަމުގައި ކޯޓަށް ގޮސް ދައުވާކުރަން ނިންމާފައިވާކަން ހާމަ ކޮށްފައެވެ.

ރައީސް ވަޙީދު މިއަދު އެކްސްގައި ވިދާޅުވީ، ސިޔާސީ ހިޔާލުތަފާތުވުންތަކާއި ހަމަނުޖެހުންތަކުގެ ތެރެއަށް ކުޑަކުދިން ވެއްދުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއްނޫންކަމަށެވެ.

އަދި ސިޔާސީ މީހުންގެ އާއިލާތަކަށް ހަމަލާ ދިނުމަކީ ސިޔާސީ ސަގާފަތުގެ ތެރެއިން ފަހަކަށް އައިސް ރާއްޖޭގައިވެސް އާންމުވެފައިވާ ކަމެއްކަމަށާއި، މިއީ އެކަން ހުއްޓާލަންވީ ވަގުތުކަމަށްވެސް ރައީސް ޑރ. ވަޙީދު ވިދާޅުވިއެވެ.

ރައީސް ވަޙީދު ވަނީ ރައީސް ޑރ. މުޢިއްޒުގެ އާއިލާއަށް ނިސްބަތްކޮށް ފަތުރަމުންދާ ދޮގު ވާހަކަތައް ކުށްވެރިކުރައްވާފައެވެ.



ރައީސް ވަޙީދު މިހެން ވިދާޅުވެފައިވާއިރު އެމަނިކުފާނުގެ އާއިލާއަކީ ވެސް ސިޔާސީ ގޮތުންނާއި ޒާތީގޮތުން ވެސް ގިނަބަޔަކު އެކިކަހަލަ ހަމަލާތައް ދީފައިވާ އާއިލާއެއްކަން ފާހަގަ ކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން