މާލޭގައި އުޅޭ ބުޅާތައް އޮޅު ހިޔާއަށް ނުގެންގޮސް މަގުމައްޗަށް ދޫކޮށްލުމަކީ ރައްޔިތުންނަށް ދެވޭ ބޮޑު އަނިޔާއެއް ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ ސިޓީ ކައުންސިލުން ބޮޑު ހަރަދެއް ކޮށްގެން ހުޅުމާލޭ ފަރުކޮޅުފުށީގައި ހުޅުވާފައިވާ ބުޅާ ބަލަހައްޓާ ފެސިލިޓީއަށް ބުޅާތައް ނުގެންގޮސް ލަސްވަމުންދާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަށްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެެެވެ.

މިދިޔަ ނޮވެންބަރު 2 ވަނަ ދުވަހު ހުޅުވި "އޮޅު ހިޔާ" އަކީ މާލެ ސިޓީ ކައުންސިލްގެ ހަރަދުގައި ގާއިމުކުރި ފެސިލިޓީ އެކެވެ. ނަމަވެސް މިހާރު އެތަން ވަނީ އެގްރިކަލްޗަރ މިނިސްޓްރީ އާއި ހަވާލުކޮށްފައެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ބުޅާތައް ގެންދަން އެކައުންސިލުން ބޮޑު ޚަރަދެއްކޮށްގެން ރައްޔިތުންނަށްޓަކައި ގާއިމުކުރި ފެސިލިޓީއަށް ބުޅާތައް ނުގެންގޮސް، މަގުތައް ނަޖިސް ކުރުމަށާއި މަރުވުމަށް ބައިތިއްބާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.



ބުޅާތައް އޮޅުހިޔާއަށް ނުގެންދިޔުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ވެސް އާޒިމްގެ ޕޯސްޓްގައި ވަނީ ހިއްސާކުރަށްވާފައެވެ. އެގޮތުން، މޫދު ކައިރީ ކުޅޭ ކުދިންނާއި މޫދަށް އެރޭ އެކި އުމުރުގެ މީހުންނަށް ކޮންމެ ދުވަހަކު ބުޅަލުގެ ނަޖިހުގެ ތެރޭގައި އުޅެން ޖެހިފައިވާ ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ. އާޒިމް ވަނީ މަގުތަކުގައި އުޅޭ ބުޅާތައް ވީއެންމެ އަވަހަކަށް އޮޅު ހިޔާއަށް ގެންދިއުމަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން