ޔޫއެފާ ނޭޝަންސް ލީގުގައި ފްރާންސް އާއި، ޕޯޗުގަލް އަދި އިންގްލެންޑް ކުޅުނު މެޗްތައް ކާމިޔާބުކޮށްފިއެވެ.
ރޭ ސްވިޑަންގެ ދަނޑުގައި ފްރާންސް މޮޅުވީ ހަނި ގޮތަކަށް 1-0 ގެ ނަތީޖާ އިންނެވެ. މި މެޗުގައި ފްރާންސް މޮޅުކޮށްދިން ލަނޑު ޖެހީ ކީލިއަން އެމްބާޕޭ އެވެ. ފްރާންސަށް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ މި މެޗުގެ ދެ ވަނަ ހާފްގައި އެންޓޯނިއޯ ގްރީޒްމަން އަތުން ވަނީ ޕެނަލްޓީ އެއް ބޭކާރުވެފަަ އެވެ. މިއީ ފްރާންސްގެ އެންތަނީ މާޝިއަލް އަށް ސްވިޑަންގެ ވިކްޓަ ލިންޑެލޮފް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް ކްރޮއޭޝިޔާގެ މައްޗަށް ކުރިހޯދީ ފަސޭހަކަމާއެކު ހަތަރު ލަނޑު އެއް ލަނޑުންނެވެ.
ޕޯޗުގަލްގައި ކުޅުނު މި މެޗުގައި އެޓީމަށް ފުރަތަމަ ކުރި ހޯދައިދިނީ ފުރަތަމަ ހާފުގެ ފަހުކޮޅު ޑިފެންޑަރު ޖޮއާއޯ ކަންސެލޯއެވެ. އަދި ދެވަނަ ހާފުގެ ކުރީކޮޅު ޕޯޗުގަލްގެ ލީޑު ފުޅާކޮށްދިނީ ޑިއޯގޯ ޖޮޓާ އާއި، ޔާއޯ ފެލިކްސް އެވެ. ކްރޮއޭޝިއާއަށް ސުން ކަނޑުވާލަ ދިނީ ބްރޫނޯ ޕެޓްކޮވިޗް އެވެ. މެޗު ނިމެން ކައިރިވެފައިވަނިކޮށް ޕޯޗުގަލްގެ ހަތަރުވަނަ ގޯލް ޖެހީ އަންދްރޭ ސިލްވާއެވެ.
ރޭގެ މި މެޗުގައި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ނުކުޅޭ އިރު، ކްރޮއޭޝިޔާގެ ކެޕްޓަން ލޫކާ މޮޑްރިޗްވެސް ނުކުޅެއެވެ.
ޔޫއެފާ ނޭޝަންސް ލީގުގެ ގްރޫޕް ދޭއްގައި ރޭ އައިސްލޭންޑް އަތުން އިނގިރޭސިވިލާތްވެސް މޮޅުވީ ހަނިގޮތަކަށް އެއް ލަނޑު ސުން ލަނޑުންނެވެ.
އައިސްލޭންޑް އަތުން އިނގިރޭސިންނަށް ކުރި ހޯދުނީ އިތުރު ވަގުތުގައި މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ފޯވާޑް ރަހީމް ސްޓާލިންގް ޖެހި ގޯލާ އެކު 0-1 ގެ ނަތީޖާއަކުންނެވެ.
ޑިފެންސިވް ގޭމަކާއެކު އިނގިރޭސިން ހިފެހެއްޓުމަށް އައިސްލޭންޑުން ކުރަމުން އައި އުނދަގޫ މަސައްކަތް ފެނަށް ވެގެން ދިޔައީ މެޗުގެ އިތުރުވަގުތުގައި އިނގިރޭސިންނަށް ދިން ޕެނަލްޓީއަކާ ގުޅިގެންނެވެ. އެ ޕެނަލްޓީއަކީ ސްޓާލިންގް ގޯލަށް ފޮނުވާލި ހަމަލާއެއް އައިސްލޭންޑުގެ ޑިފެންޑަރު އިންގަސަން އަތުން ޖައްސާ ދިފާއުކުރުމުން ދިން ޕެނަލްޓީއެކެވެ. ޕެނަލްޓީ ކާމިޔާބުކޮށް އިނގިރޭސިންނަށް ސްޓާލިންގް ލީޑު ނަގައިދިނުމާ އެކު އެ ޓީމު ވަނީ މިވަގުތު އެ ގްރޫޕުގެ ތާވަލުގެ އެއްވަނައަށް އަރައިފަ އެވެ.
ޔޫއެފާ ނޭޝަންސް ލީގުގައި މިރޭވެސް ފޯރިގަދަ މެޗްތަކެއް ކުޅޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު