އިރާނުން ޔަމަނުގެ ހޫތީންނަށް ތާއިދު ކުރާތީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ބިރުގަނެ އެކަން ހުއްޓާލުމަށް ގޮވާލައިފިއެވެ.

އެމެރިކާއިން ޔަމަނުގެ ހޫތީންނާއި ދެކޮޅަށް ވަރުގަދަ އަސްކަރީ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބުނިތާ އިރުތަކެއް ފަހުން ޓްރަމްޕު ވަނީ ހޫތީންނަށް ތާއިދު ކުރުން އީރާނުން ވަގުތުން ހުއްޓާލަން ގޮވާލާފައެވެ.

ބޭރުގެ ބައެއް މީޑިޔާތަކުން ރިޕޯޓުކުރާގޮތުގައި ހޫތީންނާއި ދެކޮޅަށް ވަރުގަދަ އަސްކަރީ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ޓްރަމްޕް ބުނިތާ މާ ގިނައިރުތަކެއް ނުވަނީސް އެމެރިކާއިން ވަނީ ޔަމަނުގެ ވެރިރަށް، ސަނާއަށް ހަމަލާތަކެއްދީ، ބަޔަކު ޝަހީދުކޮށްލާފައެވެ.

އީރާނާ އަބަދުވެސް އަދާވާތްތެރި އެމެރިކާގެ މިހާރުގެ ރައީސް ޓްރަމްޕު މިފަދައިން ބުނެ އޭނާ ވަނީ އެމެރިކާ މީހުންނަށް ބިރުދައްކައިގެން ނުވާނެ ކަމަށް ބުނެފައެވެ. އަދި އެމެރިކާއަށް ބިރުދައްކައިފިނަމަ އެމެރިކާއިން ފުރިހަމައަށް ޖަވާބުދާރީ ކުރުވާނެ ކަމަށް ބުނެ އޭނާ ވަނީ އީރާނަށް އިންޒާރުވެސް ދީފައެވެ.

މި މައްސަލައިގައި އެމެރިކާއިން އީރާނަށް ވަރުގަދަ އިންޒާރުތައް ދީފައި މިވަނީ ނިރުބަވެރި އިސްރާއީލަށް އެމެރިކާއިން ތާއީދުކުރުމުގެ ސަބަބުން ހޫތީން އެމެރިކާގެ މަނަވަރުތަކަށް ހުރަސްއަޅައި ބިރުދައްކާފައިވާތީއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން