ކޮންމެ ކުއްޖަކީވެސް މައިންބަފައިންގެ ލޯބި ބޭނުންވާނެ ކުއްޖެކެވެ. ކުއްޖާ ހެދިބޮޑުވަމުން އަންނައިރު އެކުދިންގެ ދިރިއުޅުމުގައި އެންމެ ބޮޑު ރޯލެއް އަދާ ކުރަނީ އެކުދިންގެ މައިންބަފައިންނެވެ. އެހެންވެ ކުދިން މައިންބަފައިންގެ ފަރާތުން ކުރާ އުންމީދުތަކެއްވެސް ވެއެވެ. މިފަހަރު މި ހިމަނާލަނީ މައިންބަފައިންގެ ފަރާތުން ދަރިން ބޭނުންވާ ބައެއް ކަންކަމެވެ.
އެކުދިންގެ ވާހަކަތައް އަޑުއެހުން
ކުޑަކުދިން ހެދިބޮޑުވަމުން އަންނަ އިރު އެކުދިންގެ ސިކުނޑީގައި ވަރަށް ވާހަކަތައް ހުންނާނެއެވެ. އެވާހަކަތައް އެކުދިން މައިންބަފައިންނާ ހިއްްސާވެސް ކުރެއެވެ. އެކުދިން މައިންބަފައިންގެ ފަރާތުން ބޭނުންވާ އެންމެ މުހިންމު އެއް ކަމަކީ އެކުދިން ދައްކާ ވާހަކަތައް ކަނުލައި އަޑުއެހުމެވެ. އަދި އެކުދިންގެ ހިޔާލުތަކާއި ޝުއޫރުތަކަށް އިހްތިރާމް ކުރުމެވެ.
އެކުގައި ވަގުތު ހޭދަކުރުން
ދަރިން މައިންބަފައިންގެ ފަރާތުން ދެން އެންމެ ބޮޑަށް ބޭނުންވާ ކަމަކީ އެކުދިންނާ އެކުގައި ވަގުތު ހޭދަކުރުމެވެ. އެގޮތުން އެކުދިންނާއެކު ކުޅެ، ވާހަކަދައްކައި، އެކުގައި އިށީނދޭ ތިބެ އެކި ކަންތައް ކުރުމަކީ މުހިންމު ކަމެކެވެ. މިކަމުގެ ސަބަބުން މައިންބަފައިންނާ އެކުދިންނާ ދެމެދު އެ އޮންނަ ގުޅުން އިތުރަށް ވަރުގަދަ ވެގެން ދެއެވެ.
ކާމިޔާބީތައް ފާހަގަ ކުރުން
ކުދިން ކަންކަމުގައި ކާމިޔާބު ވުމަށް ގަދަ އަޅައި މަސައްކަތް ކުރަނީ މައިންބަފައިން ފަހުރުވެރި ކުރުމަށްޓަަކައެވެ. އެހެންވެ، އެކުދިންނަށް ލިބޭ ކާމިޔާބީތައް ފާހަގަ ކުރުމަކީ އެކުދިން މައިންބަފައިންގެ ފަރާތުން އެދޭ ކަމެކެވެ. އެއީ ކިތައްމެ ކުޑަ ކަމެއް ނަމަވެސް، އެކަމެއް ފާހަގަ ކުރުމުން އެކުދިން އުފާވާނެއެވެ. އަދި ދިރިއުޅުމުގައި ކާމިޔާބު ވުމަށް ހިތްވަރާއެކު މަސައްކަތް ވެސް ކުރާނެއެެވެ.

ކިޔުންތެރިންގެ ހިޔާލު