އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، ފޮޓޯ: ގޫގުލް
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، ފޮޓޯ: ގޫގުލް
އެހެން އަހަރުތަކާ އަޅާބަލާއިރު، ހުސްވި 2024 ވަނައަހަރު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އަށް ހުށަހަޅާފައިވާ މައްސަލަތައް ގިނަ ކަމަށް އެ އޮފީހުން ހާމަ ކޮށްފިއެވެ.

އައިކޮމް އިން އާންމު ކުރި އަހަރީ ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު އެ އޮފީހަށް 666 މައްސަލަ ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން 566 މައްސަލަ ރަޖިސްޓްރީ ކޮށްފައިވާއިރު، މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 61 ޕަސަންޓު އިތުރު އަދަދެއް ކަމަށް ރިޕޯޓުން ހާމަވެއެވެ.

މި މައްސަލަތަކުގެ ތެރޭގައި ގިނައީ މައުލޫމާތު ހޯދުމަށް ހުށަހަޅާ ހުށަހެޅުންތަކަށް އިދާރާތަކުން އިޖާބަދިނުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އިޖާބަދީފައިނުވާތީ ހުށަހެޅި ޝަކުވާތަކެއްކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

އެ އޮފީހަށް ހުށަހެޅޭ މައްސަލަތައް އިތުރުވަމުންދާ މައިގަނޑު ސަބަބަކީ އިދާރާތަކަށް ހުށަހެޅޭ ހުށަހެޅުންތަކަށް އެއްވެސް ޖަވާބެއް ނުދިނުމާއި، މުރާޖާކުރުމަށް ހުށަހެޅޭ ހުށަހެޅުންތަކަށް ވެސް އެއްވެސް ޖަވާބެއް ނުދިނުން ކަމަށް އައިކޮމް އިން ވަނީ ހާމަކޮށްފައެވެ.

އަދި އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް އިތުރުވަމުން ދާއިރު، މައްސަލަ ބެލުމާއި މައްސަލަތައް ދިރާސާކުރުމަށް އެކަށީގެންވާ އަދަދަށް މުވައްޒަފުން ނެތްކަން އައިކޮމް އިން ވަނީ ހާމަ ކޮށްފައެވެ.

މީގެ އިތުރުން މައުލޫމާތު ހޯދައި ތަންފީޒުކުރުމަށް އިދާރާތަކުން ދޭންވާ އަހަންމިއްޔަތުކަން ނުދިނުމަކީ ވެސް އެ އޮފީހަށް ދިމާވާ ގޮންޖެހުމެއް ކަމަށް އައިކޮމް އިން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން