މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރްޓީއައި) ގެ ދަށުން މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އަމިއްލަ އިސްނެގުމުގައި ހާމަކުރަންޖެހޭ ހުރިހާ މައުލޫމާތެއް ފުރިހަމައަށް ހާމަކޮށްފިއެވެ.
މައުލޫމާތު ހާމަކުރުމުގައި އެމްޑަބްލިއުއެސްސީން ހޯދި މި ކާމިޔާބީ ފާހަގަކޮށް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ވަނީ އެ ކުންފުންޏަށް މަރުހަބާ ކިޔައިފައެވެ. އެގޮތުން ކުންފުނީގެ ހިންގުން ދެފުށް ފެންނަ ގޮތެއްގައި ބެހެއްޓުމަށާއި ޒިންމާދާރުކަން އިތުރުކުރުމަށްޓަކައި، ގާނޫނު ލާޒިމުކުރާ އެންމެހައި މައުލޫމާތުތައް އެމްޑަބްލިއުއެސްސީން މިހާރު ވަނީ އާންމުކޮށްފައެވެ.
އައިކޮމްއިން ބުނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިސްނަގައިގެން މައުލޫމާތު ހާމަކުރަންޖެހޭ މިންވަރަށް މައުލޫމާތު އާންމުކުރި ދައުލަތުގެ ފަސްވަނަ ކުންފުންޏަކީ އެމްޑަބްލިއުއެސްސީ ކަމަށެވެ. އަދި މުޅި ރާއްޖޭގެ ދައުލަތުގެ ހުރިހާ އިދާރާތަކަށް ބަލާއިރު، މި ޝަރުތު ފުރިހަމަކުރި 42 ވަނަ އިދާރާއަކީ ވެސް އެ ކުންފުންޏެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އަމަލުކުރަން ފެށިފަހުން، ސަރުކާރުގެ ވުޒާރާތަކުން އަމިއްލަ އިސްނެގުމުގައި ހާމަކުރަންޖެހޭ މައުލޫމާތުތައް ފުރަތަމަ ފަހަރަށް ފުރިހަމައަށް ހާމަކުރަން ފަށާފައިވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
ދައުލަތުގެ އިދާރާތަކުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ސަގާފަތެއް ގާއިމުކުރުމަށް އައިކޮމްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގިނަ މުއައްސަސާތަކަކުން މިހާރު އަންނަނީ ގާނޫނާ އެއްގޮތަށް މައުލޫމާތު ހާމަކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު