އިންފޮމޭޝަން ކޮމިޝަނަރ، ލ. މާވަށް، މާޒީ އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު
އިންފޮމޭޝަން ކޮމިޝަނަރ، ލ. މާވަށް، މާޒީ އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު
އެއްވެސް މުއައްސަސާއަކުން ގަސްތުގައި ގާނޫނާ ޚިލާފުވާނެ ކަމަށް ގަބޫލު ނުކުރަށްވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަލްއުސްތާޛު އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވީ، އެއްވެސް މުއައްސަސާއަކުން ގަސްތުގައި ގާނޫނާ ޚިލާފުވާނެ ކަމަށް ގަބޫލު ނުކުރަށްވާ ކަމަށާއި، ނަމަވެސް ދޭންޖެހޭ މައުލޫމާތެއް ނުދީ ހިފަހައްޓާ ހާލަތްތަކުގައި އެ އިދާރާއަކަށް ވަދެ އެ މައުލޫމާތެއް ލިބިގަތުމުގެ އިޚްތިޔާރާއި ބާރު ގާނޫނުން އިންފޮމޭޝަން ކޮމިޝަނަރަށް ލިބިދީފައިވާ ކަމަށެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ދިނުމަށް ދައުލަތުގެ އިދާރާތަކަށް އޮންނަ 21 ދުވަހުގެ މުއްދަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކޮމިޝަނަރު ވިދާޅުވީ، އެ މުއްދަތުގެ ބޭނުން އެކި އިދާރާތަކުން ހިފަނީ އެކި ގޮތަށް ކަމަށެވެ. އެގޮތުން ބައެއް ފަރާތްތަކުން 21 ދުވަސް ހަމަވަންދެން މަޑުކުރާއިރު، އަނެއް ބަޔަކު އެދޭތާ އެއްދުވަހުގެ ތެރޭގައި ވެސް ޖަވާބު ދޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ކޮމިޝަނަރު ވިދާޅުވީ، ގާނޫނުން ލިބިދޭ ލުޔެއްގެ ނުވަތަ މަފްހޫމެއްގެ ބޭނުންކޮށްގެން މުއައްސަސާތަކުން ކުރާ ކަންކަން ނުހިފެހެއްޓޭނެ ކަމަށެވެ. ނަމަވެސް ގާނޫނާ ޚިލާފަށް އެއްވެސް ކަމެއް ކުރާނަމަ ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު އެމަނިކުފާނު ދެއްވިއެވެ.

"އަޅުގަނޑު ކުރީ ދައުރުގަ ދައުލަތުގެ އިދާރާއަކަށް ވަދެ އެބޭފުޅުން މައުލޫމާތެއް ނުދެއްވަން އުޅުނީމަ އަޅުގަނޑު ގޮސް، ޤާނޫނުން ދިވިފައިވާ ބާރުގެ ބޭނުންކޮށްގެން ފައިލު ހާވައިގެން މައުލޫމާތު ނަގަންވެސް ނެގިން." ކޮމިޝަނަރު ވިދާޅުވިއެވެ.

ހަމައެއާއެކު ގާނޫނާ ޚިލާފުވި ބައެއް މުއައްސަސާތައް މީގެކުރިން ޖޫރިމަނާވެސް ކުރައްވާފައި ހުންނާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އޭގެއިތުރުން އިންފޮމޭޝަން ކޮމިޝަނަރ ވިދާޅުވީ، ގާނޫނުގެ ދަށުން އިދާރާތަކުން ދޭންޖެހޭނީ އެ އިދާރާއެއްގައި އުފައްދާފައިވާ، ގެންގުޅޭ ނުވަތަ ބަލަހައްޓަމުންދާ މައުލޫމާތު ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު