އިބްރާހިމް ފަހީމް   16 މާރިޗު 2025 - 22:34
ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މާދަމާ އިންޑިއާއަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ، އެ ދަތުރަކީ ރައިސީނާ ޑައިލޮގުގެ 10 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ކުރައްވާ ދަތުރެއް ކަމަށެވެ.

މިނިސްޓްރީން ބުނީ، މި ދަތުރުގައި މަތީ ލެވަލްގެ ބޭފުޅުންނާއިއެކު ޕެނަލް ޑިސްކަޝަންތަކުގައި މިނިސްޓަރު ވާހަކަ ދައްކަވާނެކަމަށެވެ.

އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށް އަޑުފުލުހުން ހިމެނޭކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ދަތުރަކީ ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޚަލީލް އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.

ރައިސީނާ ޑައިލޮގް މި އަހަރު ވެސް ކުރިއަށް ދާނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައެވެ. މި ޑައިލޮގް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން