މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް
މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް
ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވައި އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާލެއްވި، ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރާ ބިލު މާދަމާގެ މަޖިލީހަށް އެޖެންޑާކޮށްފިއެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާ 7 ފަނޑިޔާރުންގެ އަދަދު 5 އަށް ތިރިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި މި ބިލަކީ އިދިކޮޅު ފަރާތްތަކުގެ އިތުރުން ސަރުކާރުގެ ބައެއް މެންބަރުންގެ މެދުގައި ވެސް ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ބިލެކެވެ.

ހާއްސަކޮށް އެ ބިލު ހުށަހެޅިފައިވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރި، މެންބަރުންގެ ގޮނޑިގެއްލޭ މައްސަލައިގެ އަޑުއެހުންތަކެއް ސުޕްރީމް ކޯޓުގައި ތާވަލު ކުރެވިފައިވާ ވަގުތަކަށްވުމުން އެކަމުގެ ކަންބޮޑުވުން ގިނަބަޔަކު ދިޔައީ ފާޅުކުރަމުންނެވެ. އަދި ބަންޑާރަނައިބުގެ ލަފާގެ މަތިން ރައީސް ވެސް ނިންމަވާފައިވަނީ އެ ބިލުގައި ގާނޫނުއަސާސީއާ ތައާރުޒުވާ ބައެއް ހިމެނޭތީ އެ ބިލު ތަސްދީގު ނުކުރައްވާ އަނބުރާ ފޮނުވާލުމަށެވެ.

މި މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާގެ ފުރަތަމަ ނަންބަރެއްގެ ގޮތުގައި ހިމަނާފައިވާއިރު އެ މައްސަލަ އެެޖެންޑާ ކޮށްފައިވަނީ ރިޔާސަތުން ހުށަހަޅާ މައްސަލައެއްގެ ގޮތުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން