ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރަކަށް އައްޔަންކުރެއްވި ފުއާދު ތައުފީގު، ސަފީރުކަމުގެ ފަތްކޮޅު ތައިލެންޑްގެ ރަސްގެފާނު މަހާ ވަޖިރަލޮންގްކޯން އަށް އަރުއްވައިފި އެވެ.

އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީޤު އޭނާގެ ސަފީރު ކަމުގެ ފަތްކޮޅު ތައިލެންޑްގެ ރަސްގެފާނަށް އެރުވީ އެމަނިކުފާނުގެ ރިޔާސީ ގަނޑުވަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ފުއާދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ދިވެހިންގެ ނަމުގައި ހެޔޮ އެދުންތައް ތައިލެންޑްގެ ރަސްގެފާނަށް އަރިސްކޮށްފައެވެ. އަދި ތަފާތު އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ތައްުޔާރަށް ހުންނެވި ކަމަށް ފުއާދު ވިދާޅުވި އެވެ.

ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރަކަށް ފުއާދު އައްޔަންކުރައްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ގަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން