ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކަމުން ދިޔަ ބިދޭސީންތަކެއް އިމިގްރޭޝަނުން އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން ބުނީ، ރާއްޖޭގައި ވޯކް ވިސާގައި އުޅެމުންދިޔަ ތިން ބިދޭސީ އަންހެނަކު ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ މައްސަލައަކާއި ގުޅިގެން އިމިގްރޭޝަނާއި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މި ތިން މީހުން ވެސް އެއިދާރާގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިވަނީ ވިއެޓްނާމަށް ނިސްބަތްވާ ދެ އަންހެނަކާއި ލާއޮސްއަށް ނިސްބަތްވާ އަންހެނެކެވެ.

މީގެތެރެއިން ދެ މީހަކު މިހާރު ޑީޕޯޓުކޮށްފައިވާއިރު، އަނެއް ބިދޭސީ މީހާ ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ވެސް އިމިގްރޭޝަނުން ވަނީ ހަށިވިއްކަމުން ދިޔަ ވިއެޓްނާމްގެ ބޮޑު ނެޓްވޯކެއް އަތުލައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން